"ސަނީސައިޑް އޮފް ލައިފް" އާއި "ކިންގްޑަމް އޮފް ޕެރަޑައިޒް" އަޅާކިޔާލުން!

ތިރީގައި މި ބަޔާންކުރަނީ، ވާދަވެރިންނާއި ދިވެހިރާއްޖެ ތަފާތުކޮށް، މަތީ ފެންވަރުގެ ފަތުރުވެރިން ޝައުގުވެރި ކުރުވާ، އަގު މަތިކޮށް، ވެލިއު އިތުރުކުރުމުގައި ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް އަލަށް ހުށަހަޅާ ޓެގްލައިން، "ދަ ކިންގްޑަމް އޮފް ޕެރެޑައިސް"  އަށް މިހާރުބޭނުންކުރާ "ސަނީ ސައިޑް އޮފް ލައިފް" ޓެގްލައިނަށް ވުރެ ކާމިޔާބު ވެވިދާނެކަމަށް ފެންނަ ބައެއް ސަބަބުތަކެކެވެ.

އެކްސްކްލޫސިވް ލަގްޒަރީ: މަތީފަންތީގެ ފަތުރުވެރިންގެ ހިތް ދަމައިގަންނަނީ އެކްސްކްލޫސިވިޓީ އާއި ލަގްޒަރީ އަށެވެ. "ދަ ކިންގްޑަމް އޮފް ޕެރެޑައިސް" އިން ފޯރުކޮށްދެނީ މި ޑިމޮގްރަފިކް އަށް ކަމުދާކަހަލަ މަތިވެރިކަމާއި، މުއްސަނދިކަމާއި، ޝާހީ ޚާންދާނަށް ނިސްބަތްވުމުން ލިއްބައިދޭ ކަހަލަ އިހުސާސެކެވެ. އެއީ ހަމައެކަނި މިމަންޒިލަށް ޤުދުރަތުން ދެއްވާފައިވާ ރީތިކަމުން އެކަންޏެއް ނޫނެވެ. ދެވޭ ޚިދުމަތުގެ ފެންވަރު މަތިކަމުން އިޙްސާސްކުރުވާ، ޤަދަރުވެރި، ޝަރަފުވެރި، އަދި ޝާހީ ގަނޑުވަރެއްގައި އުޅެންލިބޭ ކަހަލަ އިޙްސާސްގެ ސަބަބުންނެވެ. މި އެކްސްކްލޫސިވިޓީ އާއި މަތީފެންވަރުގެ އެފަދަ ދެވަނައެއްނުވާ ޚާއްޞަ ޚިދުމަތް ރަމްޒުކޮށްދޭ ޓެގްލައިނުގެ ސަބަބުން، ދިވެހިރާއްޖެ، ވާދަވެރި އެހެންމެހާ މަންޒިލްތަކާ ތަފާތުވެގެން ދާނެއެވެ.

ޔުނިކް ސެލިންގ ޕްރޮޕޮޒިޝަން: މި ޓެގްލައިނުގައިވާ "ކިންގްޑަމް" މި ލަފުޒުން، ދިވެހިރާއްޖެ އެހެން މަންޒިލްތަކާ ވަކިކޮށް ޚާއްޞަކޮށްދެނީ އެބަހުގެ މާނާއިގެ ތަފާތުކަމާއި މަތިވެރިކަން، ދުނިޔޭގެ ފަތުރުވެރިންނަށް ފާހަގަކުރަން ފަސޭހައިން އެނގޭނެތީއެވެ. އެއީ އެހެން ހުރިހާ މަންޒިލްތަކާ ތަފާތު މަންޒިލެއްކަން ފަތުރުވެރިންނަށް ޤަބޫލުކުރެވި، ހަޤީޤަތުގައިވެސް އާދަޔާ ހިލާފު ޗުއްޓީއެއް ތަޖުރިބާ ކުރެވޭނެ ތަނެއްކަމަށް ރަމްޒު ކޮށްދޭތީއެވެ. މަތީ ފެންވަރުގެ ފަތުރުވެރިން، ގިނަ ފަހަރަށް ހޯދަނީ ތަފާތު ތަޖުރިބާތަކެއް ކުރެވޭނެ މަންޒިލެއް ކަމުން، "ދަ ކިންގްޑަމް އޮފް ޕެރެޑައިސް" އިން ވައުދުވަނީ ހަމަ އެކަން ކަމަށެވެ.

އެސްޕިރޭޝަނަލް އެޕީލް: މަތީ ފެންވަރުގެ ފަތުރުވެރިން ގިނަފަހަރަށް ޝައުޤުވެރިވަނީ، އެމީހުންގެ އެސްޕިރޭޝަނަލް ލަނޑުދަނޑިތަށް ޙާޞިލްކުރަން ކަމުން، ދިވެހިރަޢްޖެއަކީ އެމީހުންގެ ދިރިއުޅުމުގެ ވައްޓަފާޅީގެ އުންމީދުތަކާ އެއްގޮތްވާ ތަޖުރިބާތައް ކަށަވަރުކޮށްދޭ މަންޒިލެއްކަން "ދަ ކިންގްޑަމް އޮފް ޕެރަޑައިޒް" އިން ޔަޤީންކޮށްދެއެވެ. "ސުވަރުގެ އަދި ރަސްކަން" ފަދަ ޝިއާރުއަކުން މަތީފެންވަރުގެ ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކޮށްދޭނީ، މި ދުނިޔެއިން އެމީހުންނަށް ލިބޭނެ އެންމެމަތިވެރި އަރާމާއި، އުފަލާއި ހިތްހަމަޖެހުމުގެ މަތިވެރި ތަޖުރިބާތަށް ކުރެވޭނެ ހަމައެކަނި މަންޒިލަކީ ދިވެހިރާއްޖެ ކަން މި ޓެގްލައިނުން ތަމްސީލުކުރުވާ، އިޙްސާސްކުރުވާ، ތަސައްވުރު ކުރުވާނެތީއެވެ.

ވާދަވެރިންނާ ތަފާތުވުން: ރާއްޖޭގެ ވާދަވެރިން ރާއްޖޭގެ ނަކަލުތަށް އުފައްދާ، ރާއްޖޭގައި ކުރާކަންތަކާއި ދޭ ޚިދުމަތްތަށް ދީ، ތަފާތު އެތައްކަމެއް ކޮށް ވާދަވެރިކަން އިންތިހާއަށް އިތުރުވެފައިވާ ބާޒާރެއްގައި، ނަފާއާއި މަންފާ އިތުރުކޮށް، ކުރިމަގުގައި އެކަންކަން ދެމެހެއްޓުމަށްޓަކައި، އެހެން މަންޒިލްތަކާ ތަފާތު، ޝިޢާރުތަކާއި، ޖަޒްބާތީ ޝުޢޫރު އުފައްދާކަހަލަ ޓެގްލައިންތައް ޕްރަމޯޝަންތަކުގައި ބޭނުންކުރުމަކީ، އެހެން މަންޒިލްތަކާއި ތަފާތު ވެގަތުމަށް ނުހަނު މުހިންމު ކަމެކެވެ. "ދަ ކިންގްޑަމް އޮފް ޕެރެޑައިސް" ފަދަ ތަފާތު އަދި 'އިވޮކޭޓިވް' ޝިއާރެއް ނުވަތަ ޓެގްލައިނެއް ބޭނުންކޮށްގެން، ކުރިން ބޭނުންކުރި ޖެނެރިކް ޓެގްލައިނާ އަޅާބަލާއިރު، ދިވެހިރާއްޖެ މާބޮޑަށްވެސް ތަފާތުވާނެކަމީ ކަށަވަރު ކަމެކެވެ. މީގެ ސަބަބުން، ހަގީގަތުގައިވެސް އާދަޔާ ޚިލާފު ކަމެއް ހޯދަންއުޅޭ މަތީފެންވަރުގެ ފަތުރުވެރިންގެ ހިތުގައި ރާއްޖެއާމެދު ޝައުގުވެރިކަން އިތުރު ކޮށްދޭނެއެވެ.

ހޭދަކުރާ އަގުގެ ތަޞައްވުރު: "ކިންގްޑަމް އޮފް ޕެރަޑައިޒް" މި ޢިބާރާތުން އޭގެ ޒާތުގައި ހޭދަކުރަންޖެހޭ އަގު ދޭހަކޮށްދެއެވެ. އެއިން ބުނެދެނީ، މި މަންޒިލުން އާދައިގެ ތަޖުރިބާ އަކަށްވުރެ މާ މަތިވެރި ތަޖުރިބާއެއް ލިއްބައިދޭނެ ކަމެވެ، އެފަދަ ދެވަނައެއްނުވާ ޚާއްޞަ ޚިދުމަތާއި، ވަށައިގެންވާ ސުވަރުގެއެއް ފަދަ ރީތި މާޙައުލާއި، ކިލަނބު ކަމެއްނުވާ ސާފު ވަޔާއި، އަގުބޮޑު ހިފާގެންގުޅޭ އެންމެހާ ތަކެއްޗާއެކު، ރަސްކަލެއްގެ ދަރަޖައިގައި އުޅެލެވުމުގެ އިޙްސާސެއް، މި ޓެގްލައިނުން ތަމްސީލްކޮށް، ތަޞައްވުރު ކޮށްދެއެވެ. އެހެންކަމުން، ދުނިޔޭގެ އަރާމާއި ލައްޒަތު ހޯދަން ޝައުގުވެރިވާ މަތީފަންތީގެ ފަތުރުވެރިން، މަތީގައިވާ ޚިދުމަތާއި ތަޖްރިބާތަށް ޙާޞިލްކުރުމަށް، އެކަށޭނަ ބޮޑު އަގެއް ހޭދަކުރުވަން، މި ޓެގްލައިނުން މޯޓިވޭޓް ކޮށްދޭވެސްމެއެވެ.

ޚުލާޞާކޮށް ދަންނަވާނަމަ "ދަ ކިންގްޑަމް އޮފް ޕެރަޑައިޒް" އަކީ މިހާރު ބޭނުންކުރަމުންދާ ޓެގްލައިން (ސަނީ ސައިޑް އިފް ލައިފް) އާއި އަޅާކިޔާއިރު، މާ ބޮޑަށްވެސް ފުރިހަމަ، ރާއްޖެއާ ގުޅޭ، އަދި އެހާމެ މުނާސަބު ޓެގްލައިނެކެވެ. މަތީފަންތީގެ ފަތުރުވެރިން މި ޓެގްލައިނުގެ ޖާދޫގައި ޖައްސުވައިދޭނެ ޓެގްލައިނެކެވެ. އެންމެމަތީ ލަގްޒަރީއާއި، އެފަދަ ދެވަނައެއްނުވާ ދުނިޔެމަތީގެ ސުވަރުގެއެއް ފަދަ ތަނެއްކަމާއި، ޕްރައިވަސީއާއި، އެކްސްކޮލޫސިވިޓީއާއި، ޤުދުރަތީ ރީތިކަމާއި މާޙައުލުގެ ފުރިހަމަކަމުގެ އިތރަށް، އަމާންކަމާއި، ރައްކާތެރިކަމާއި، އޯގާތެރިކަމާއިއެކު، ކުލުނުން ފުރިގެންވާ، ހިތްހެޔޮ، ޚިދުމަތްތަކެއް މިޓެގްލައިނުން ތަޞައްވުރު ކުރުވާތީ، މިކަންކަމަށް ފަތުރުވެރިންގެ ހިތް ދަމައިގަންނާނެކަން ކަށަވަރެއެވެ.

advertisement
ހިޔާލު ދެއްވާ!