ތައްޔާރީ ކާނާ ނުވަތަ "ޖަންކު ފުޑްސް"އިން ކުރާ ނުރަނގަޅު އަސަރުތަކަކީ ކޮބާ؟

ދިވެހިރާއްޖޭގައި ހެދިފައިވާ ބައެއް ދިރާސާތަކުން ދައްކާގޮތުގައި، ސިއްޙީގޮތުން އެންމެ ބޮޑު އެއް މައްސަލައަކީ ގައިންގަޔަށް ނާރާ ބަލިތައްކަމުގައިވާ ހަކުރުބަލި، ސްޓްރޯކް،ކެންސަރު، ހިތުގެ ބަލިފަދަ ކެއިން ބުއިމާއި ދިރިއުޅުމުގެ އާދަތަކާ ގުޅިފައިވާ ނުރައްކާތެރި ބަލިތައް އިތުރުވަމުންދާ ހަލުވި މިންވަރެވެ. މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ކެއިން ބުއިމުގެ ރަނގަޅު އާދަތައް ޚިޔާރުކޮށް ޤަވާއިދުން ކަސްރަތުކުރުމަކީ ވަރަށް މުހިއްމުކަމެކެވެ.

ޖަންކު ފުޑްސް (ތައްޔާރީ ކާނާ) އަކީ ކޮބާ؟ 

ޖަންކު ފުޑްސް އަކީ ގިނަ އަދަދަކަށް ހަކުރު، ލޮނު، ސަރުބީ އަދި އެކި ރަހަލެއްވުމަށާއި، ކުލަޖެއްސުމަށް އަދި ގިނަދުވަހަށް ދެމެހެއްޓުމަށްޓަކާ ތަފާތު މާއްދާ (ޕްރިސާރވޭޓިވްސް) އަޅައިގެން ތައްޔާރުކުރެވިފައިވާ އެކި ވައްތަރުގެ ތައްޔާރީ ކާނާއަާއި ބުއިންތެކެވެ. މީގެ އިތުރުން ބައެއް ބުއިންތަކުގައި ދެވިހިފާ މާއްދާއެއް ކަމަށްވާ ކެފެއިންވެސް ހިމެނެއެވެ.

އަދި މިފަދަ ތައްޔާރީ ކާނާއަކީހަށިގަނޑަށް ފައިދާހުރި މާއްދާތައް ވަރަށް މަދުން އެކުލެވޭ ނުވަތަ އެއްވެސް ވަރަކަށް އެ މާއްދާތައް އެކުލެވިފައި ނުހުންނަ ކާނާގެ ބާވަތްތަކެވެ. އެހެންކަމުން މިފަދަ ބާވަތްތަކަކީ ސިއްޙީގޮތުން ކުޑަކުދިންނަށާއި އަދި ބޮޑެތިމީހުންނަށްވެސް ފައިދާހުރި ކާނާގެ ބާވަތްތަކެއްނޫނެވެ. މީގެތެރޭގައި ހިމެނޭ ބައެއް ޖަންކު ފުޑްސްއަކީ:

  • އެނަރޖީ ޑްރިންކްސް، ކޯކް ފަދަ ގިނައިން ހަކުރު އަދި ކެފެއިން އެކުލެވޭ ބުއިންތައް
  • އެކިރަހަ އެކުލެވޭގޮތަށް ހަދާފައި ހުންނަ ޕެކެޓް ކިރު
  • ޕެކެޓް ޖޫހާއި ފިޒީ ބުއިންތައް
  • ކްރީމް ބިސްކޯދު، މެޓާ، ކޭކު، ސުޕަރރިންގް، ޗީޒްބޯލްސް ފަދަ ޕެކެޓްކޮށްފައިވާ ތައްޔާރީ ކާނާ
  • ތެލުލި ހެދިކާ އަދި ޗިޕްސް ފަދަ ކާނާ
  • ސޮސެޖު، ސަލާމީ، ކޯރން ބީފް ފަދަ ލޮނު ގިނައިން ހިމެނޭ ތައްޔާރީ މަހުގެ ބާވަތްތައް (ޕްރޮސެސްޑް މީޓް)

 

މިބުއިންތަކުގައި ހަކުރު އެކުލެވޭ މިންވަރު އިނގޭތަ؟

ޖަންކު ފުޑްސް (ތައްޔާރީ ކާނާ) އިން ކުރާ ނުރަނގަޅު އަސަރުތަކަކީ ކޮބާ؟

ޖަންކު ފުޑްސްއަކީ ބޭނުންކުރަން ފަސޭހަ، ރަހަމީރު އަދި ކާހިތްވާ ކަހަލަ ބާވަތްތަކަކަށް ވެދާނެއެވެ. ނަމަވެސް ގިނަ ތައްޔާރީކާނާގައި ސިއްޙީގޮތުން ފައިދާހުރި މާއްދާތައް ނެތުމާއެކު ހަށިގަނޑަށް ލިއްބައިދެނީ ހަމައެކަނި ހަކަތައެވެ. އާއްމުކޮށް ޖަންކު ފުޑްސް ބޭނުންކުރާނަމަ ސިއްޙީގޮތުން ވަރަށް ގިނަ ގެއްލުންތައް ލިބެއެވެ. މީގެ ތެރޭގައި

  •  ދަތް ފަނިކެއުން
  • ހަށިގަނޑުގެ ހަކަތަ ކުއްލިއަކަށް އިތުރުވެ އެހާމެ އަވަހަށް ހަށިގަނޑުން ނެތިގެންދާގޮތް މެދުވެރިވުން
  • މިފަދަ ކާނާގައި ގިނައަދަދަކަށް ހަކުރު އެކުލެވިގެން ވުމާއެކު ބަނޑުހައިވާ މިންވަރު ދަށްވެ އަދި އޭގެ ސަބަބުން ކާހިތްނުވުން
  • ކާނާގައި ހިމެނޭ ދަގަނޑުގެބައި ހަށިގަނޑަށް ނަގައިދޭ މިންވަރު މަދުވެލޭ މަދުވުމަށް މަގުފަހިވުމުގެ އިތުރުން ކެލްސިއަމް ހަށިގަނޑުން ބޭރުވާ މިންވަރު އިތުރުވެގެންދިއުން
  • ޞިއްޙަތަށް ފައިދާހުރި ކެއުމާއި ކުދިން ދުރުހެލިވުން
  • ކަންކަމަށް ސަމާލުކަންދޭ މިންވަރުކުޑަވެ، އުޅުމަށާއި ދަސްކުރުމުގެ ޤާބިލްކަމަށް ނުރަނގަޅު އަސަރު ކުރުން
  • ހަށިގަނޑުން ފެންމަދުވުމުގެ ފުރުސަތު ބޮޑުވުން
  • ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ވަރަށް އަވަހަށް މައްޗަށް ދިއުން އަދި އެހާމެ އަވަހަށް ދަށަށް ދިއުން
  • ހަށިގަނޑުގެ ދިފާއީ ބާރު ދަށްވުން
  • ފަލަވުމާއި ލޭމައްޗަށް ދިއުން އަދި ހަކުރުބަލިފަދަ ބޮޑެތި ބަލިތަކަށް މަގު ފަހިވުން ހިމެނެއެވެ.

 

ޞިއްޙަތަށް ފައިދާހުރި ލުއިކާނާ

"ޖަންކު ފުޑްސް ގެ ބަދަލުގައި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް އާދަ ކުރާށެވެ."

ލުއިކާނާގެ ގޮތުގައި ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމުން ބޮޑެތިމީހުންނަށާއި ކުދިންނަށް ލިބޭ ފައިދާތަކުގެ ތެރޭގައި:

•މުޅިދުވަހު ހަށިގަނޑުގައި ހަކަތަ ހިފަހައްޓައިދޭ

•ސްކޫލްގައި ރަނގަޅަށް ކިޔެވުމަށް މަގުފަހިކޮށްދޭ

•ހަށިގަނޑަށް ބޭނުންވާ މާއްދާތައް ނުވަތަ ނިއުޓްރިއެންޓް އިތުރުކޮށްދޭ

•ލުއިކާނާގެ ގޮތުގައި ޞިއްޙަތަށް ފައިދާހުރި ކާނާ ދިނުމުން ސްކޫލްގައި ކަންކަމަށް ސަމާލުކަންދޭ މިންވަރު އިތުރުވުމާއި ކުލާހުގައި ދެވޭ މަޢުލޫމާތު ފަސޭހައިން ވިސްނައިގަނެވި ހަނދާނުގައި ހިފެހެއްޓުމަށް އެހީތެރިވެދޭ.

"ލުއި ކާނާއަކީވެސް ޞިއްޙީ ގޮތުން ފައިދާހުރި ކާހިތްވާ ކާނާއެއް ކަމުގައިހެދިދާނެއެވެ."

•އާދައިގެ ޔޯގަޓ:ް ޔޯގަޓްގެރަހަ ރަނގަޅުކޮށްލަން ބޭނުން ވާނަމަ ތާޒާ މޭވާކޮޅެއް ކޮށާލުމަށްފަހު އޭގެތެރެއަށް އެއްކުރެވިދާނެއެވެ.

•ތާޒާ މޭވާ: ފަޅޯ، ދޮންކެޔޮ، ކަރާ، އަނބު، ފޭރު،ޖުމްހޫރީ މޭވާ، އަތަ،މެންޑަރިން، މޭބިސް ކަދުރު، ޖަނބުރޯލު، އަންނާރު، އާފަލު،އޮރެންޖް

•ރޮލާ ބޭނުންކުރެވޭ ތަރުކާރީ މިސާލަކަށް ކެރެޓް، ކިޔުކަންބާ

•ފެނުކެއްކި އަލުވ،ި އަލަ ނުވަތަ ދަނޑިއަލުއްވާއ،ި އާވިން ކައްކާފައިވާ ތަރުކަރީ

•ސޭންޑްވިޗް ފަދަ ބާވަތްތައް ތައްޔާރު ކުރާއިރު މަހުގެ އިތުރުން ސަރުބީ މަދުން ހުންނަ ޗީޒް ނުވަތަ ބިސް ގަނޑެއް ކޮށާލާފައި ބޭނުންކުރެވިދާނެއެވެ.

•ޕާން ފޮތީ ގައި ބަޓަރާއި މާޖިރިންގެ ބަދަލުގައި ކޮޕީ ފަތ،ް މައްސާގު ފަތ،ް ޓޮމާޓޯ،ކިއުކަންބާ އަދި މިނޫންވެސް ތަރުކާރީ ގެ ބާވަތްތައް ބޭނުންކޮށްގެން ފައިދާހުރި ސޭންޑްވިޗް ފަދަ ބާވަތްތައް ތައްޔާރު ކުރެވިދާނެއެވެ.

•ލޮނު އަދި ހަކުރު ނާޅާ ހުންނަ އެއްނުކުރާ ބަދަން، ކެޝޫ ނަޓްފަދަ ތަފާތު ބަދަނުގެ ބާވަތްތައް

•އާދައިގެ ކްރީމްކްރޭކަރ ބިސްކޯދުގެ މަތީގައި ޗީޒްއާއި ޓޮމާޓޯ ތުނިކޮށް ކޮށާފައި އަތުރާށެވެ.

•ހިއްކާފައިވާ މޭވާ މިސާލަކަށް ހިކިމޭބިސް ކަދުރު

ސިއްޙަތަށް ފައިދާހުރި ލުއިކާނާގެ ގޮތުގައި މޭވާ އާއި ތަރުކާރ،ީގޮދަން، ބިންބ،ި ޒުވާރި ފަދަ ތަކެތިން ތައްޔާރުކޮށްފައި ހުންނަ ހަކަތަ ލިއްބައިދޭ ކާނާ، ބިހާއި ކިރުގެ ބާވަތްތަ މުގާއި ތޮޅ،ި ބަދަނާއި މަދު ބޭނުންކުރަން އާދަކުރާށެވެ.

 

 

 

 

 

advertisement
ހިޔާލު ދެއްވާ!