ބޭރުގެ އެކި ކުންފުނިތަކަށް ދަރަނީގެ ގޮތުގައި 24 މިލިއަން ރުފިޔާ އަރާފައިވޭ: ޒީނާ ޒާހިރު

މަގާމާއި ހަވާލުވިއިރު ބޭރުގެ އެކި ކުންފުނިތަކަށް ދައްކަންޖެހޭ ދަރަނި 24 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަަރާ ކަމަށާއި ތިޖޫރީގައި އޮތީ އެންމެ ހަތް ރުފިޔާ ކަމަށް ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވެއްޖެއެވެ.

ޒީނާ މިފަދައިން ވިދާޅުވީ ޕީއެސްއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

ޒީނާ ވިދާޅުވީ ކުންފުނީގެ ދަރަނި އޮތީ 261 މިއަލަން ރުފިޔާއަށް ވުރެ މަތީގައި ކަމަށެވެ.

އަދި ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ ހިއްސާވާ ކުންފުނިތަކަށް 122 މިލިއަން ރުފިޔާ އަދި އަމިއްލަ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް 26 މިލިއަނަަށްވުރެ ގިނަ ރުފިޔާގެ ދަރަނި އަަރާފައިވާ ކަަމަށްވެސް ޒީނާ ވިދާޅުވިއެވެ.

"ލޯނުގެ ގޮތުގައި އެބަހުރި ވޭތުވެދިޔަ އަހަރުތަކުގައި ނަގާފައި 87 މިލިއަން ރުފިޔާ ނުދެއްކި، މި ލޯނަށްވެސް އިންޓަރެސްޓް އަރަމުން ދަނީ". ޒީނާ ވިދާޅުވިއެވެ.

ޒީނާ ވިދާޅުވީ ސަރުކާރާއި މަޝްވަރާކޮށްގެން ސަރުކާރުގެ އެހީތެރިކަމާއި އެކީގައި ދަރަންޏަށް އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕީއެސްއެމްއިންވަނީ ޕީއެސްއެމްގެ އަތޮޅު ބިއުރޯތަކުގެ ޚިދުމަތް އަލުން ފަށަން ނިންމާފައެވެ. އަދި ކުންފުނީގެ ވަޞީލަތްތައް އިތުރުކުރުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށާއި އެގޮތުން ޓެކްނިކަލް ކެޕޭސިޓީ އިތުރުކުރުމަށްޓަކައި 25މިލިއަން ރުފިޔާގެ ސާމާނު ހޯދުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަކަމަށް ޒީނާ ވިދާޅުވިއެވެ.

އޭގެ ތެރޭގައި ބްރޯޑްކާސްޓް ކުރުމަށާއި މީޑިއާ ކޮންޓެންޓް އުފައްދަން ބޭނުންވާ މުހިންމު ވަޞީލަތްތަކާއި ތަކެތި ހިމެނޭކަން ފާހަގަކުރައްވާ ޒީނާ ވިދާޅުވީ ފާއިތުވި 5 އަހަރު ކުންފުންޏަށް އެއްވެސް ވަޞީލަތެއް ހޯދާފައި ނުވާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!