ސައޫދީ ޢަރަބިއްޔާއިން މިއަހަރުވެސް ދިވެހިރާއްޖެއަށް އިތުރު ޙައްޖު ކޯޓާ ދީފިއެވެ.
މިއަހަރު އިތުރު ކޯޓާގައި ޙައްޖަށް ދިޔުމަށް ޙައްޖު ކޯޕަރޭޝަންގެ ވެއިޓިންގ ލިސްޓުގައި އިން މީހަކު މި ނޫހަށް މަޢުލޫމާތު ދިން ގޮތުގައި ހައްޖު ކޯޕަރޭޝަނުން ވަނީ އަލަށް ލިބުނު ކޯޓާގައި ހައްޖަށްދާން ޖާގަ ކަށަވަރުވެފައިވާކަން އޭނާއަށް އަންގާފައެވެ. އަދި މާދަމާ މެންދުރު 12 ގެ ކުރިން ޕާސްޕޯޓް ހަވާލުކުރުމަށްވެސް އެންގިއެވެ.
ރާއްޖެއަށް އިތުރު ކޯޓާ ލިބުނުކަން އިސްލާމިކް މިނިސްޓްރީން އަދި އާއްމުކޮށްފައި ނުވެއެވެ. އެހެންނަމަވެސް މުއުތަބަރު ފަރާތަކުން ރިވާޔާ ނޫހަށް މަޢުލޫމާތު ދީފައިވާ ގޮތުގައި ސައުދީން ވަނީ ރާއްޖެއަށް އިތުރު ކޯޓާ ދީފައެވެ. އެހެންނަމަވެސް ރާއްޖެއަށް ދީފައިވަނީ ކިތައް ކޯޓާކަމެއް އަދި ޔަގީންނުވެއެވެ.
ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ފުރަތަމަ ދިނީ 1000 ކޯޓާއެވެ. މި ކޯޓާގައި ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ ފުރަތަމަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުއެވެ. ފުރަތަމަ ކޯޓާގައި ޖުމްލަ 1000 މީހުން މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރާނެއެވެ.
މި ބައްދަލުވުމުގައި ދިވެހި ޙައްޖުވެރިންނަށް ޚިދުމަތްދިނުމަށް އެކުންފުނިން މިހާރު ވެފައިވާ ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާކުރެއްވި. 2/2#Hajjmission1445#Hajj1445 pic.twitter.com/Q3ihWs5tgr
— Maldives hajj mission بعثة ا لحج ا المالديفية (@hajjmission_mv) May 23, 2024
ދިވެހި ޙައްޖުވެރިންގެ އިސްތިޤްބާލަށް ސައޫދީ އަރަބިއްޔާގައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ޙައްޖު ކޯޕަރޭޝަންގެ އެޑްވާންސް ޓީމެއް ދަނީ މައްކާގައި ޙަރަކާތްތެރިވަމުންނެވެ. އަދި ދިވެހިރާއްޖޭގެ ޙައްޖު މިޝަނުންވެސް ދަނީ ސައޫދީ އަރަބިއްޔާގައި އެ މިޝަންގެ ރޯލު އަދާކުރައްވަމުންނެވެ.
2 Comments
ކޯޓާގިނައިންލިބުނީމަ ކިޔުގަތިބިމީހުން އަވަހަށްނިމޭނެ
ކޮބާތަ ލިބުނުއަދަދު ހާމަކުރަންޖެހޭނެ