ރައީސް އޕފީހުގެ ތަރުޖަމާން ހީނާ ވަލީދު. ފޮޓޯ: ރައީސް އޮފީސް

ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ކޮންފަރެންސް ވަރަށް ކާމިޔާބު: ހީނާ

ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސަކީ ވަރަށް ކާމިޔާބު ކޮންފަރެންސެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން މިހެން ވިދާޅުވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ނޫސްކޮންފަރެންސްގައި ހީނާ ދެއްކެވި ވާހަކަގައި އެންޓީގާ އެންޑް ބާބިޔުޑާގައި ބޭއްވި ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ދިވެހިރައްޔިތުންނަށް މުހިންމު އެކިއެކި ކަންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތު ކުރެއްވިކަން ފާހަގަކުރެއްވިއެވެ.

އަދި ހަމަ އެހެންމެ މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވަކާލާތުކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގެ ހަވާސާގައި ބައްދަލުކުރެއްވި ބައެއް ޤައުމުތަކުގެ އިސްވެރިންނާއި ލީޑަރުންނާއެކު ކުރެއްވި މަޝްވަރާތަކަށްވެސް މި ޕްރެސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން އަލިއަޅުވާލެއްވިއެވެ.

މީގެ އިތުރުން ނޫސްވެރިން ކުރެއްވި ސުވާލުތަކަށްވެސް ހީނާ ޖަވާބުދެއްވިއެވެ.

advertisement
ހިޔާލު ދެއްވާ!