ދިވެހި ޙައްޖު މިޝަންގެ ޑައިރެކްޓަރ އަލްއުސްތާޛު އުސާމް މުޙައްމަދު ސަޢީދާއި މުޠައްވިފު އިޙްސާން ކާތިބު

ދިވެހި ޙައްޖުވެރިންނަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަރަށް ބާރަށް ކުރިޔަށް އެބަދޭ: މުޠައްވިފު

ދިވެހި ޙައްޖުވެރިން ސައޫދީ އަރަބިއްޔާއަށް އައުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ގާތްގަނޑަކަށް ނިިމިފައިވާކަމަށް ދިވެހި ޙައްޖުވެރިންނަށް މަޝާއިރުތަކުގައި ޚިދުމަތްދޭ  ކުންފުނިކަމަށްވާ ރަވާފް މިނާގެ މުޠައްވިފް އިޙްސާން ކާތިބު ވިދާޅުވެއްޖެއެވެ.

އިޙްސާން ކާތިބު މިހެން ވިދާޅުވީ މިއަދު ދިވެހި ޙައްޖު މިޝަނުން މުޠައްވިފުގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށްފަހު އެ މިޝަނުން އާއްމު ކުރި ވީޑިއޯއެއްގައެވެ.

އޭނާ ވިދާޅުވީ ދިވެހި ޙައްޖުވެރިން ސައޫދީ އަރަބިއްޔާއަށް އައުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ ކަންކަން މިހާރު ދަނީ ނިންމަމުންކަމަށާއި، މިނާއާއި ޢަރަފާތުގައި ޙައްޖުވެރިންނަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށެވެ.

ސައޫދީގެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން ދިވެހި ޙައްޖުވެރިން ސައޫދީ އަރަބިއްޔާއަށް ދިޔުމުގެ ކުރިން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ދިވެހިރާއްޖޭގެ ޙައްޖު މިޝަންވެސް ދަނީ ސައޫދީ އަރަބިއްޔާގައި ޙަރަކާތްތެރިވަމުންނެވެ. އަދި އެ މިޝަންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން ދަނީ އެ މިޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލުތައް ޢާއްމުކުރަމުންނެވެ.

މި އަހަރުގެ ފުރަތަމަ ކޯޓާގައި ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ގެންދާ ފުރަތަމަ ފްލައިޓު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރުދުވަހުއެވެ. ފުރަތަމަ ކޯޓާގައި ޖުމްލަ 1000 މީހުން މިއަހަރު ރާއްޖެއިން ޙައްޖުގެ އަޅުކަން އަދާކުރާނެއެވެ.

advertisement
ހިޔާލު ދެއްވާ!