ފޮޓޯ: ދިވެހި ޙައްޖުމިޝަން

ޙައްޖުވެރިން ފުރުމުގެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް ގުޅާނެ ހޮޓްލައިންއެއް ތަޢާރަފްކޮށްފި!

ޙައްޖުވެރިން ފުރުމުގެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާ ގުޅާނެ ހޮޓްލައިންއެއް ތަޢާރަފްކޮށްފިއެވެ.

އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ޙައްޖުވެރިން ފުރުމުގެ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅާނީ  302144 ނަންބަރަށެވެ.

މި ކޯލް ސެންޓަރު ހުޅުވިފައި ހުންނާނީ ޙައްޖުވެރިން ފުރާދުވަހުގެ ކުރީ ދުވަހުގެ ހެނދުނު 9:00 ން އިރުއޮއްސި 6:00 އަށް އަދި ޙައްޖުވެރިން ފުރާ ދުވަހުގެ ހެނދުނު 9:00 ން މެންދުރު 12:00 އަށް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.

މިއަހަރު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިވެހިރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ގުރޫޕް މިއަދު މެންދުރުފަހު ފުރަން ހަމަޖެހިފައިވާ ކަމަށް ރާއްޖޭގެ ޙައްޖު މިޝަނުން ވަނީ ބުނެފައެވެ.

ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުންގެ ކަންކަން ބެލެހެއްޓުމަށްޓަކައި ރާއްޖޭގެ ޙައްޖު މިޝަނުން ދަނީ މާއްކާގައި ޙަރަކާތްތެރިވަމުންނެވެ. ޙައްޖު މިޝަނުން ހާމަކޮށްފައިވާ ގޮތުގައި ދިވެހި ޙައްޖުވެރިން ސައޫދީ އަރަބިއްޔާއަށް ދިއުމުގެ ކުރިން ކޮންމެހެން ނިންމަންޖެހޭ ކަންކަން މިހާރު ދަނީ ނިންމަމުންނެވެ. އަދި  މިނާއާއި ޢަރަފާތުގައި ޙައްޖުވެރިންނަށްޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތައްވެސް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް ޙައްޖު މިޝަނުން ވަނީ ބުނެފައެވެ.

advertisement
ހިޔާލު ދެއްވާ!