ފޮނިރަހަ ގަދަ ކަރާ ހައްދަން ބޭނުންތަ؟

ހޫނު މޫސުމުގައި ފޮނި ކަރައެއް ކާލަން ނުލިބިގެން އުޅެންޖެހޭ ހެއްޔެވެ؟ ގޭގައި ހައްދާ ކަރާތަކުގައި ފޮނިރަހަނުލާތީ ގިނަ ރުފިޔާ ހޭދަކޮށްގެން ބާޒާރުން "ފޮނި" ކަރާ ގަންނަން ދަން ހެއްޔެވެ؟ އެހެންކަމަށްވާނަމަ ވަގުތުން އެކަން ހުއްޓާލާށެވެ. އަދި ކަރާ ހައްދަން ތި ގެންގުޅޭ އުކުޅުތައް ބަދަލު ކޮށްލާށެވެ.

ޗައިނާގެ ތަޖުރިބާކާރު ދަނޑުވެރިން ކަރާ ހެއްދުމަށް ބޭނުންކުރާ ޤަދީމީ އުކުޅު ބޭނުންކޮށްގެން ނުލާހިކު ފަސޭހަ ކަމާއެކީ ފޮނި ކަރާ ހެއްދިދާނެއެވެ. އެއީ ކަރާތަކުގެ މަތީގައި، އެތެރޭގައި ހޮއި ނުހުންނަ ގާ ނުވަތަ ގާކޮޅުތައް ބަހައްޓައިގެންނެވެ.

ދިރާސާތަކުން އެނގޭގޮތުގައި، ކަރާއަކީ ރަގަޅަށް އަވިދޭ ތަންތާގައި ހެދޭ އެއްޗަކަށް ވިޔަސް، ކަރާމަތީގައި މިގޮތަށް ގާ ބެހެއްޓުމުން، ދުވާލުގެ އިރުގެ ހޫނުކަން ގަދަ ދުވަސްދުވުގެ އަވީގެ ހޫނުކަމުން ކަރާއަށް ކުރާ ނޭދެވޭ އަސަރު، މި ގާކޮޅުތަކުން ކުޑަކޮށްދިނުމުގެ އިތުރަށް، ރޭގަނޑުވެ އިރުގެ ހޫނު މަޑުވިޔަސް، ދުވާލުގެ އަވީގެ ސަބަބުންމި ގާކޮޅުތަކުގައި ހިފެހެއްޓިފައި ހުންނަ ހޫނުން ކަރާ އުފެދުމަށް ބޭނުންވާ ފިނިހޫނުމިން (ޓެމްޕަރޭޗަރު) ހިފެހެއްޓުމަށް އެހީވެދެއެވެ.

އެހެންކަމުން އެހެން ކަރާ ތަކަށްވުރެ މިގޮތަށް ހައްދާ ކަރާތަކުގެ ފޮނިކަން ގަދަކަން ސާބިތުވެއެވެ. މިގޮތަށް ހައްދާ ފޮނި ކަރާގެ އަގު، ބާޒާރުގައި އެތައް ގުނައެއް ބޮޑުކޮށް ވިއްކޭވެސް މެއެވެ. އެހެންކަމުން އަގު ބޮޑުކޮށް ފޮނި ރަހަ ގަދަ ކަރާ ގަންނަން ހަދާނެކަމެއް ނެތެވެ.

ކުރިން ކަރާ ހައްދަން ގެންގުޅުނު އުކުޅު ބަދަލު ކޮށްލާށެވެ!

advertisement
ހިޔާލު ދެއްވާ!