ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް

ދިވެހި ކޮންމެ ޙައްޖާޖީއަކަށް މުސްޙަފަކާ މުސައްލައެއް ހަދިޔާކޮށްފި!

ދިވެހި ކޮންމެ ޙައްޖާޖީއަކަށް މުސްޙަފަކާ މުސައްލައެއް ހަދިޔާކޮށްފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ކޮންމެ ޙައްޖާޖީއަކަށް ހަދިޔާއަކަށް މުސްޙަފަކާއި މުސައްލައެއް ލިބިފައިވާ ކަމަށެވެ.

ދިވެހި ޙައްޖާޖީން މައްކާގައި ހޭދަކުރައްވާ ދުވަސްތަކުގައި ޙައްޖުވެރިންނަށް އިތުރު ޚިދުމަތްތައް ހޯއްދަވާ ދެއްވުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ޙައްޖު މިޝަނުން ދަނީ ސައޫދީގެ އެކިއެކި ޖަމްޢިއްޔާތަކާ ބައްދަލު ކުރައްވަމުން ކަމަށް އެ މިޝަނުން ވަނީ ބުނެފައެވެ.

އެގޮތުން މި ތަކެއްޗަކީ ސައޫދީ "އެސޯސިއޭޝަން ފޮރ އެޑްވަކަސީ ގައިޑެންސް އެންޑް އެވެއަރނަސް އޮފް ކޮމިއުނިޓީސް" އިން ދިވެހި ޙައްޖުވެރިންނަށް ހަދިޔާކުރެއްވި ތަކެއްޗެވެ.

 

advertisement
ހިޔާލު ދެއްވާ!