ސްޓެލްކޯ ހެޑް އޮފީސް

ކަރަންޓް ބިލާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި!

ކަރަންޓް ބިލާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއިން މިއަދު ވަނީ ކަރަންޓް ބިލާއި ގުޅިގެން ކަސްޓަމަރުން ހުށަހަޅަން ބޭނުންވާ ޝަކުވާތައް އެ ކުންފުނީގެ ކަސްޓަމަރ އެންޑް ބިލްޑިންގ ގެ ނަންބަރު 7788438 ނަންބަރަށް ވަޓްސްއެޕް ނުވަތަ ޓެލެގްރާމް މެދުވެރިކޮށް ހުށަހެޅުއްވުމަށް އެދިފައެވެ.

އަދި އީމެއިލް މެދުވެރިކޮށް ޝަކުވާ ހުށަހެޅުއްވޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ބުނީ ކަސްޓަމަރުން ހުށަހަޅުއްވާ ޝަކުވާތަކަށް ގިނަވެގެން 24 ގަޑިއިރު ތެރޭގައި ޖަވާބުދާރީވުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކަރަންޓް ބިލު ބޮޑުވަނީ ހޫނުގަދަވުމުން ކަމަށާ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް އެފަދައިން ދިމާވާ ކަމަށް ސްޓެލްކޯއިން ބުނެފައި ވަނިކޮށް، މޫސުން ވަރަށް ގޯސްވެ ގިނައިން ވިއްސާރަކޮށް އޮވެ ނިމިދިޔަ މޭ މަހުގެ ކަރަންޓް ބިލު ބޮޑުވެ ގިނަ ބަޔަކު މީސްމީޑިޔާގައި ސްޓެލްކޯއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

ސްޓެލްކޯއިން މިދިޔަ ހަފްތާގައި ބުނެފައިވަނީ ކަރަންޓު ބިލު ބޮޑުވެފައިވަނީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމުން ކަމަށާއި މޭމަހު ފޮނުވި ކަރަންޓު ބިލުގައި ހިމަނާފައިވަނީ ހަމައެކަނި ވިއްސާރަ ދުވަސްވަރުގެ ރީޑިންގ ނޫން ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!