Muizz
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ފަލަސްތީނުގެ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާނެ: ރައީސް

ފަލަސްތީނުގެ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްތީނަށް ލިބުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ދުނިޔޭޣެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށް ލިބުމުން މަރުޙަބާވެސް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްތީނަށް ލިބުމަކީ ހަމަޖެހުން ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށާއި 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށްދީ އެ ޤައުމުގެ ޙައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ވޯޓުދިން 101 ޤައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ.

އަދި މިއީ ފަލަސްތީނަކީ ފުރިހަމަ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަގުވާމީ ތާއީދު އިތުރުވަމުންދާކަމުގެ ނިޝާނެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގައި ފުރިހަމަ މެންބަރުކަން އެ ޤައުމަށް ލިބުމަށް ފުރިހަމައަށް ތާއީދު ކުރާ ކަމަށެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް ނިންމި ނިންމުމަށް ދިވެހިރާއްޖޭން ތާއީދު ކުރީ އެ ސަބަބާހުރެ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!