މިނިސްޓަރ ޒަމީރު... ފޮޓޯ:ރައީސް އޮފީސް

ފެނިގެން ދިޔައީ ދުނިޔޭގެ އަޣުލަބިއްޔަތުން ފަލަސްތީނުގެ މަސައްކަތަށް ތާއީދުކުރާ ކަމުގެ އިތުރު ނިޝާނެއް: މޫސާ ޒަމީރު

ފެނިގެން ދިޔައީ ދުނިޔޭގެ އަޣުލަބިއްޔަތުން ފަލަސްތީނުގެ މަސައްކަތަށް ތާއީދުކުރާ ކަމުގެ އިތުރު ނިޝާނެއް ކަމަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ދުނިޔޭގެ ސިއްޚަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯގެ މެންބަރުކަން ލިބުނު ޤަރާރަށް ރާއްޖެއިން ތާއީދު ކުރި ކަމަށާއި ފަލަސްތީނުގެ ދައުލަތަށް މިހާރު ބަޔާން ދިނުމާއި އިސްލާހުތައް ހުށަހެޅުމާއި ކޯ ސްޕޮންސަރ ކުރުމުގެ ހައްގު ލިބިގެންދާނެ ކަމަށެވެ.

https://x.com/MoosaZameer/status/1797133784678367347?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1797133784678367347%7Ctwgr%5E7386e7138eb67d62e20219ce7ba904a7e4ed5467%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1068153%2F

1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށް ކަމުގައިވާ، މިނިވަން އަދި އިސްތިގުލާލީ ދައުލަތެއްގެ ގޮތުގައި ފަލަސްތީން ގާއިމްކުރުމަށާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ ފުރިހަމަ މެމްބަރުކަން ހޯދުމަށް ރާއްޖެއިން ވަރަށް ބޮޑަށް ތާއީދުކުރާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަދި ފަލަސްތީނަށް މެންބަރުކަން ދޭ ޤަރާރަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކޮށްފައިވާ ކަމަށްވެސް އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވިއެވެ.

ވަޒީރުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވިދާޅުވީ ފަލަސްތީނުގެ ޙައްގުތައް ކަށަވަރުކުރުމަށް ރާއްޖޭން އަބަދުވެސް ތާއީދު ކުރާނެކަމަށާއި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްތީނަށް ލިބުމަކީ ހަމަޖެހުން ޤާއިމްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި 77 ވަނަ ވޯލްޑް ހެލްތު އެސެމްބްލީގައި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާގެ މެންބަރުކަން ފަލަސްޠީނަށްދީ އެ ޤައުމުގެ ޙައްގުތައް ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގައި ވޯޓުދިން 101 ޤައުމުގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!