މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް(އެމްއެންޑީއެފް)ގެ ލ. ކައްދޫ ޓްރެއިނިން ސެންޓަރުން މޫދުގައި ކުރިޔަށްގެންދިޔަ ތަމްރީނުތަކެއްގެ ތެރެއިން މިޔަރެއް ހަމަލާ ދީގެން ޒުވާނަކު ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ލާންސްކޯޕްރަލް ރ. އުނގޫފާރު، ނިއު ލައިފް/ މުޙައްމަދު ޒައިދާން އެވެ.
ލާންސްކޯޕްރަލް ޒައިދާން ނިޔާވެފައިވަނީ ލ.މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށްދަނިކޮށް މިޔަރެއް ހަމަލާ ދިނުމުގެ ސަބަބުން ކަމަށެވެ.

"ލ.ކައްދޫގައި މިވަގުތު ކުރިއަށްދާ ސިފައިންގެ ތަމްރީނެއްގެ ތެރެއިން ލ.މާވަށް ކައިރީ މޫދުގައި ތަމްރީނުގެ ބައެއް ކުރިއަށްދަނިކޮށް މިޔަރެއް ހަމަލާ ދިނުމުން ކޯހުގެ ބައިވެރިއެއް ކަމަށްވާ ލާންސްކޯޕްރަލް މުހައްމަދު ޒައިދާން (ރ.އުނގޫފާރު/ނިއުލައިފް) ލ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް މިރޭގެ 2040 ހާއިރު ވަނީ ނިޔާވެފައި." އެމްއެންޑީއެފުން ބުންޏެވެ.
މާތްﷲ މަރުހޫމްގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. آمين.
2 Comments
Aameen
އަދިވެސް އާލާ ކުރެވޭތޯއުޅޭ