ފޮޓޯ: ސޯޝަލް މީޑިއާ

ރާއްޖޭގައި ތިބި އިސްރާއީލް މީހުން ރާއްޖޭން ފައިބަން އެގައުމުގެ ފޮރިން މިނިސްޓްރީން އަންގައިފި

ޔަހޫދީ އިސްރާއީލް  ޕާސްޕޯޓް މަނާ ކުރުމަށް ރާއްޖޭގެ ޤާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަކަން އިއުލާން ކުރުމާއި ގުޅިގެން، ދިވެހިރާއްޖޭގައި ތިބި އިސްރާއީލް މީހުން ރާއްޖޭން ފައިބާން އެގައުމުގެ ފޮރިން މިނިސްޓްރީން އަންގައިފިއެވެ.

ޔަހޫދީ އިސްރާއީލުގެ ފޮރިން މިނިސްޓްރީން އެގައުމުގެ ރައްޔިތުންނަށް އަންގާފައިވަނީ ރާއްޖޭގައި ތިބި އިސްރާއީލް މީހަކަށް ނުރައްކަލެއް ކުރިމަތި ވެއްޖެނަމަ އެހީތެރިވުމަށް އިސްރާއީލަށް ދަތިވާނެ ކަމަށެވެ.

ރާއްޖޭގައި ތިބި އިސްރާއީލް މީހުން ރާއްޖޭން ފައިބާން އެގައުމުގެ ފޮރިން މިނިސްޓްރީން އަންގާފައި މިވަނީ އެގައުމުގެ ޕާސްޕޯޓް މަނާ ކުރުމަށް ރާއްޖޭގެ ޤާނޫނަށް އިސްލާހުތަކެއް ގެނައުމުގެ މަސައްކަތް ދިވެހި ސަރުކާރުން ކުރަމުން އަންނަކަން، އާދީއްތަ ދުވަހު ވަޒީރުންގެ މަޖިލީހުން ބޭއްވި ބައްދަލުކުރެއްވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަން އިއުލާން ކުރެއްވުމާއި ގުޅިގެންނެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެމަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

އެގޮތުން އިއްޔެ މި އެކުލަވާލި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، އަލީ އިހުސާން، ހާރިޖީ ވަޒީރު، މޫސާ ޒަމީރު، އެޓާނީ ޖެނެރަލް، އަހުމަދު އުޝާމް، އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު، ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލްގެ އިތުރުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.

އިސްރާއީލްގެ ޕާސްޕޯޓް "ބޭން" ކޮށް ދިނުމަށް އެދި އެތަކެއް ރައްޔިތުންނެއް ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

advertisement
ހިޔާލު ދެއްވާ!