މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕު މިއަދު ހަވީރު ފުރާނެއެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދު ފުރާ ފްލައިޓުގައި ޖުމްލަ 353 ޙައްޖުވެރިން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ފުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަޢޫދީ އެއަރލައިންގެ ފްލައިޓެއްގައި މި ޙައްޖުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުރާނީ މިއަދު ހަވީރު 3:25 ގައެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވާ ޙަައްޖުވެރިންނަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ދިވެހި ޙައްޖު މިޝަނުން ދަނީ ސަޢޫދީ ޢަރަބިއްޔާގައި ޙަރަކާތްތެރިވަމުންނެވެ.
އެ މިޝަނުގެ ސޯޝަލް މީޑިއާ އެކައުންޓުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޙައްޖުވެރިންނަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގައި އެ މިޝަނުން ދަނީ މަސައްކަތްކުރަމުންނެވެ.