ރ. އުނގޫފާރުގައި މިދިޔަ މަހުގެ 23 ވަނަ ދުވަހު މަގުމަތީގައި ކުޅެން ތިިބި ދެ ކުއްޖެއްގެ އިތުރުން 18 އަހަރުގެ ޒުވާނަކުވަނީ، މަގުމަތީގައި ޖަހާފައި ހުރި ހޮޅި ދަނޑިއަކުން ދޫވެފައިވާ ކަރަންޓްގައި ޖެހިފައެވެ.
މަގުމަތީގައި ހެދިފައިވާ ފެންގަނޑެއްގައި އެކުދިން ކުޅެންތިއްބާ އެ ހޮޅިދަނޑިން ދޫވެފައިވާ ކަރަންޓު ފެންގަޑަށް ފެތުރި އެކުދިން ކަރަންޓުގައި ޖެހިފައިތިއްބާ ސަލާމަތް ކުރަން އުޅުނު ޒުވާނާ އަދިވެސް އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގަ މަރާ ހަނގުރާމަ ކުރުމުގައެވެ.
އައިޖީއެމްއެޗުގެ ބުނެފައިވަނީ އެޒުވާނާ އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށާއި ހާލަތަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ.

މި ހާދިސާއާއި ގުޅިގެން އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފެނަކައިން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް މިކަމާ ގުޅިގެން އެ ކުންފުނިން ފިޔަވަޅެއް އެޅިކަމެއް ނުވަތަ ނާޅާކަމެއްވެސް މީޑިއާ އަށް ހާމަކޮށްފައި ނުވެއެވެ.
ސަރުކާރުގެ ކުންފުނި ތަކަކީ ރައްޔިތުންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް ކަންކަން ހުރެގެން ނުވާނެއެވެ. އަދި މިއީ ވަރަށް ބޮޑު އިޙްމާލެކެވެ. މިކަމުގައި އިޙްމާލު މީހުންގެ މައްސަލަ ބަލައި އާއިލާ އަށް މި ލިބުނު ގެއްލުމަށް އެކުންފުނިން ޒިންމާ ނަގަން ޖެހޭނެއެވެ.
4 Comments
މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއެއް ، ފެނަކައިން ހަމައެކަނި ކުރާނެ ކަމަކީ ކައުންސިލުން އެދިއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުން.
Council akun noon current ge kankan kuran jehaynee aey fenaka ge zimmaa ah
މަގުބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ ޒިންމާއެއް ، ފެނަކައިން ހަމައެކަނި ކުރާނެ ކަމަކީ ކައުންސިލުން އެދިއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުން.
Holhi Dhangadakee Fenaka In Balahahttaa Ehcheh Noon