ހުޅުމާލޭ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، ޕީއެންސީގެ ސެނެޓަރު އަދި ޕީޕީއެމް ހުޅުމާލޭ ސްޓިއަރިން ކޮމިޓީގެ ރައީސް ޙުސައިން ޝަރީފްގެ ހިތް ހަމަ ނުޖެހުން ނުސީދާކޮށް ސަރުކާރަށް އަމާޒު ކުރައްވައިފިއެވެ.
ހުސައިން އޭނާގެ ސޯޝަލް މީޑިއާގައި ވިދާޅުވެފައިވަނީ ބުރަ މަސައްކަތުން ކަމެއް ޙާޞިލް ކުރުމަށް މަސައްކަތްކުރި ބަޔަކު ބާކީވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ.
"ބުރަ މަސައްކަތުން ކަމެއް ޙާޞިލް ކުރުމަށް މަސައްކަތްކުރި ބަޔަކު ބާކީވެގެން ދިއުމަކީ ބަލައިގަނެވޭނެ ކަމެއްނޫން!" ހުސައިން ވިދާޅުވިއެވެ.
ބެލެވޭ ގޮތުގައި ހުސައިން ވިދާޅުވެފައި މިވަނީ މިސަރުކާރު ގެންނަން މަސައްކަތް ކުރި މީހުން ބާކީ ކޮށް މާދުރުގައި ތިބި ބަޔަކު ގެނެސް ބޮޑެތި މުސާރަތައްދީ މިސަރުކާރު ގެންނަން މަސައްކަތް ކުރި މީހުން ބާކީވަމުންދާ ވާހަކައެވެ.
ހުސައިންގެ މި ސްޓޭޓަސް އަށް މި ސަރުކާރު ގެންނަން ބުރަ މަސައްކަތް ކުރި ގިނަ އަދަދެއްގެ ބަޔަކު ވަނީ ކޮމެންޓް ކޮށްފައެވެ. އެގޮތުން ގިނަ މީހުން ވަނީ ހުސެންބެގެ މި ވާހަކަ އަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.
މި ސަރުކާރު ގެންނަން މަސައްކަތް ކުރި މީހުން ބާކީކޮށް މިސަރުކާރު އަޔަ ނުދިނުމަށް މަސައްކަތް ކުރި ގިނަ ބަޔަކަށް މިސަރުކާރުން ވަނީ ބޮޑެތި މަގާމުތައް ދީފައިކަމަށް ގިނަ ބަޔަކު ބުނެއެވެ.
5 Comments
މި ވަރައްވެސް ރަގަޅު ވާހަކައެއް އަހަރުމެންން ރޭގަނޑު ނުނިދާ މި ސަރުކާރުގެނެއުމަށް ބުރަމަސައްކަތްކޮށް މިއަދު މިހުރީ ބާކީވެފައި
100%ތާއީދު
ވަރައްރަގަޅު ވާހަކަފުޅެއް.
ވަރަށް ރަގަޅުވާހަކައެއް މިކަންވަމުންދަނީ އަދާނީވެސްމިހެން އަދިވެސް އިންތިހާބު ތައްއޮންނާނެ
ރޭގަނޱާ ދުވާލު ބިރުފަހަނައަޅާ މަސައްކަތްކުރި މީހުންބާކީވެ މިސަރުކާރު އަޔަނުދޭން މަސައްކަތްކުރިމީހުންނާއި އެމީހުންގެ އައުވާނުންނަށް ހުރިހާމޮޅު