ދިވެހި ޙައްޖުވެރިންގެ 2 ވަނަ ފްލައިޓުގައި 354 ޙައްޖުވެރިން މިއަދު ފުރައިފި

މިއަހަރު ދިވެހިރާއްޖެއިން ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވާ ޙައްޖުވެރިންގެ ދެވަނަ ގުރޫޕު މީގެ ކުޑައިރުކޮޅެއް ކުރިން ފުރައިފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިއަދުގެ ފްލައިޓުގައި ޖުމްލަ 354 ޙައްޖުވެރިން، ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއަށް ދަނީ ދަތުރުކުރަމުންނެވެ.

ސަޢޫދީ އެއަރލައިންގެ ފްލައިޓެއްގައި މި ޙައްޖުވެރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން ފުރާފައިވަނީ މިއަދު ހަވީރު 4:00 ގައެވެ.

މިއަހަރު ޙައްޖަށް ވަޑައިގަންނަވާ ދިވެހިން ސަޢޫދީ ޢަރަބިއްޔާއަށް ދަތުރުކުރުމަށް ހަމަޖެހިފައިވަނީ 4 ފްލައިޓެއްގައެވެ. ފުރަތަމަ ފްލައިޓް ވަނީ މިިދިޔަ ހުކުރު ދުވަހު ފުރާފައެވެ. އެ ފްލައިޓްގައި 296 ޙައްޖުވެރިން ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ގޮސްފައެވެ.

ޙައްޖު މިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު އެ ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ޖުމްލަގޮތެއްގައި ރަނގަޅެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަމަށް ވަޑައިގަންނަވާ ޙަައްޖުވެރިންނަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި ދިވެހި ޙައްޖު މިޝަނުން ދަނީ ސަޢޫދީ ޢަރަބިއްޔާގައި ޙަރަކާތްތެރިވަމުންނެވެ.

އެ މިޝަނުގެ ސޯޝަލް މީޑިއާ އެކައުންޓުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، ޙައްޖުވެރިންނަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމުގައި އެ މިޝަނުން ދަނީ މަސައްކަތްކުރަމުންނެވެ.

advertisement

1 Comment

ހިޔާލު ދެއްވާ!