241 ކޮމިޓީގެ މުޤައްރިރަކަށް ސަލީމް، އަދި މާލިއްޔަތުގެ ކޮމިޓީއަށް ގާސިމް ހަމަޖައްސަވައިފި

ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް އަދި މާލިއްޔަތު ކޮމިޓީއަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާޙިމް އައްޔަނުކޮށްފިއެވެ.

މިއަދު މަޖިލީހުން ވަނީ ޕާޓީތަކުން ހުށަހަޅާފައިވާ ގޮތަށް އެކި ކޮމިޓީތަކަށް އައްޔަން ކުރުމަށް ފާސްކޮށްފައެވެ.

މި ބައްދަލުވުމުގައި 241 ކޮމިޓީގެ މުގައްރިރަކަށް ސަލީމް ހަމަޖެއްސެވީ ވޯޓުގައި ބައިވެރިވި މެމްބަރުން އިއްތިފާގުވުމުނެނެވެ.

ނައިބު މުގައްރިރުގެ މަގާމަށް ހަމަޖައްސާފައިވަނީ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހުއެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރުކަމަށް ގާސިމްގެ ނަން ހުށަހެޅުއްވީ މީގެ ކުރިންވެސް އެމަގާމު ފުރުއްވާފައިވާ ސަލީމެވެ.

ގާސިމްގެ ނަންވެސް ހުރިހާ މެމްބަރުންގެ އިއްތިފާގުން ފާސް ކޮށްފައިވާއިރު މާލިއްޔަތުގެ ކޮމިޓީގެ ނައިބަކަށް ހަމަޖައްސާފައިވަނީ ސަލީމެވެ.

241 ކޮމިޓީ

އަހްމަދު ސަލީމް (މުގައްރިރު)

އިބްރާހިމް ފަލާހް (ނައިބު މުގައްރިރު)

އަހްމަދު ނާޒިމް (މަޖިލިސް ނައިބު ރައީސް)

މުހައްމަދު ޝާހިދު (ހުޅުދޫ ދާއިރާ)

ޝާމިން ހަބީބް (ކުރެންދޫ ދާއިރާ)

އަހްމަދު ތޯރިގް (މަހިބަދޫ ދާއިރާ)

އަބްދުލްޣަފޫރު މޫސާ (ހަނިމާދޫ ދާއިރާ)

މުހައްމަދު ނާޒިމް (މާފަންނު އުތުރު ދާއިރާ)

އަހްމަދު އަޒާން (ހިތަދޫ މެދު ދާއިރާ)

އަބްދުލްހަންނާނު އަބޫބަކުރު (ތުޅާދޫ ދާއިރާ)

މާލިއްޔަތު ކޮމިޓީ

ގާސިމް އިބްރާހިމް (މުގައްރިރު)

އަހްމަދު ސަލީމް (ނައިބު މުގައްރިރު)

އަހްމަދު ނާޒިމް (މަޖިލިސް ނައިބު ރައީސް)

މުހައްމަދު މަމްދޫހް (ފުނަދޫ ދާއިރާ)

އަހްމަދު އަޒާން (ހިތަދޫ މެދު ދާއިރާ)

އަބްދުﷲ ޝަރީފް (ކެލާ ދާއިރާ)

ހަމަދު އަބްދުﷲ (ފުވައްމުލަކު އުތުރު ދާއިރާ)

އިބްރާހިމް ސުޖާއު (ބާރަށު ދާއިރާ)

އަސަދުﷲ ޝިހާބް (ގެމަނަފުށީ ދާއިރާ)

އަބްދުﷲ ޝަމްހީދު (ހުޅުމާލެ ދެކުނު ދާއިރާ)

އަބްދުލްޣަފޫރު މޫސާ (ހަނިމާދޫ ދާއިރާ)

advertisement
ހިޔާލު ދެއްވާ!