އިސްރާއީލް ޕާސްޕޯޓް މަނާ ކުރަން ދިވެހި ސަރުކާރުން ނިންމެވި ނިންމެވުމަށް ޢަދާލަތު ޕާޓީން ތާއީދުކޮށް މަރުހަބާ ކިޔައިފިއެވެ.
ސޯޝަލް މީޑިއާގައި އެޕާޓީން ކުރި ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ވަޒީރުންގެ މަޖިލީހުން އިސްރާއިލުގެ ޕާސްޕޯޓް މަނާ ކުރަން ނިންމެވި ނިންމެވުމަށް އެ ޕާޓީގެ ފަރާތުން މަރުހަބާ ކިޔާ ކަމަށާއި އެކަމަށް އެ ޕާޓީގެ ފަރާތުން ފުރިހަމައަށް ތާއިދު ކުރާ ކަމަށެވެ.
https://x.com/AdhaalathOffice/status/1797627246880210962?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1797627246880210962%7Ctwgr%5E2c924b93b8bbfc0eef8d6d5d2aa9ba71010fc61d%7Ctwcon%5Es1_&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F1069634%2F
ޢަދާލަތު ޕާޓީން ބުނީ ގަތުލު އާންމާއި އިންސާނީ ކާރިސާތައް ހަނގުރާމައިގެ ޒަރިއްޔާއިން ހިންގުމަކީ އެއްވެސް އިރެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމު ވަގުތުން ވަގުތަށް ހުއްޓާލުމަށް ޢަދާލަތުގެ ފަރާތުން ގޮވާލާ ކަމަށެވެ.
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ޤާނޫނަށް ބަދަލުގެންނަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.
އެދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު، ދާޚިލީ ސަލާމަތާބެހޭ ވަޒީރު އިޙުސާނު، ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނަށް ބަދަލުގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ.
އަދި މި މަސައްކަތްތައް ކުރުމަށް ސަރުކާރުން ޚާއްސަ ކޮމިޓީއެއް އެކުލަވާލާފައިވެއެވެ. އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓަރ އަލީ އިހުސާނާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަޙުމަދު އުޝާމާއި އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދާއި ފަތުރުވެރިކަމާއިބެހޭ ވަޒީރު އިބްރާހީމް ފައިސަލް އަދި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.