ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މިރޭ ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މިހާދިސާ ހިނގާފައިވަނީ ހުޅުލެ ނެރު ކައިރިންނެވެ.

މިކަމާ ގުޅިގެން މެރިން ޕޮލިހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މިރޭ 23:00 ހާއިރު ހިނގި މި ހާދިސާގައި ހަތް މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަދި އެމީހުން މިހާރުވަނީ އައިޖީއެމްއެޗަށް ގެންދެވިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އަނިޔާގެ ތަފްސީލް އަދި އެނގިފައެއް ނުވެއެވެ.

މެރިން އިންވެސްޓިގޭޝަނުން ދަނީ މި މައްސަލައާއި ގުޅިގެން ކުރަންޖެހޭ ތަހުގީގު ކުރަމުންނެވެ.

advertisement
ހިޔާލު ދެއްވާ!