ޝައިޚް ޢަބްދުއްސަލާމް

ކުލަ ޖެހުމަކީ ޙަރާމްކަމެއް: ޝައިޚް ޢަބްދުއްސަލާމް

ޢީދު ފާހަގަ ކުރުމުގެ ނަމުގައި އެކަކު އަނެކަކުގެ ގަޔަށް ކުލަ ޖެހުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ނޫންކަމަށާއި އެއީ ޙަރާމްކަމެއްކަމަށް އައްޝައިޚް ޢަބްދުއްސަލާމް ބިން ދާވޫދު ވިދާޅުވެއްޖެއެވެ.

ދާރިސްޓީވީއިން ބުދަ ދުވަހުގެ ރޭ ގެނެސްދިން ޢިލްމީ ޚަޒާނާ ޕްރޮގްރާމުގައި ޕްރެސެންޓަރ ޢަލީ ރަމީޒު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ޝައިޚް ޢަބްދުއްސަލާމް ވިދާޅުވީ ޢީދުގައި ކުލަ ޖެހުމާއި އެކަކު އަނެކަކުގެ ގަޔަށް (ޚާއްސަކޮށް) އަންހެންވެރިންގެ ގަޔަށް ފެންޖަހައި ހެދުމަކީ ޙަރާމް ކަމެއްކަމަށާއި އެކަމަކީ ބޮޑެތިބޮޑެތި ޢިލްމުވެރިން އެކަމަށް ފަތުވާދެއްވައި ޙަރާމް ކުރައްވާފައިވާ ނުބައި ޢަމަލެއްކަމަށެވެ.

"އެކަމަކީ ހިންދޫ ދީނުގެ އަޅުކަމުގެތެރެއިން ފެންނަން އޮތްކަމެއް. އެމީހުން އަޅުކަމެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެއް އެއީ ކުލަ ޖެހުމަކީ. އެހެންވެއްޖެނަމަ އެމީހުންނާ އެއްގޮތްވުން ޙަރާމްވާނެކަމަށް ޢިލްމުވެރިންގެ ފަތުވާ ދެއްވާފައި އެބަހުރި. އަދި އޭގެ އިތުރުން ޢީދުގެ ކަންތައްގަނޑުގައި އެބަ ހިމެނޭ އަންހެނުންނާ ފިރިހެނުން މައްސުނިވުމާ، ފެންޖެހުމާ އަދި ފެންޖެހުމުގެ ސަބަބުން އަންހެންވެރިން ބަރަހަނާވުމުގެ ކަންތައްތައްވެސް އެބަ ކުރިމަތިވޭ" ޝައިޚް ވިދާޅުވިއެވެ.

ޝައިޚް އިތުރަށް ވިދާޅުވިގޮތުގައި ބަޔަކު މީހުން ދީނީ ކަމެއްގެގޮތުގައި ކުރަމުން އަންނަ ކަމެއް އަޅުގަނޑުމެން ކުރުން ހިމެނޭނީ ކުފުރުގެ އަހުލުވެރިންނާ އެއްގޮތްވުމުގެ ތެރެއިންކަމަށެވެ.

"އަޅުގަނޑުމެންނަށް ޝަރުޢީގޮތުން އައިސްފައިވާ ޢީދެއްގައި އެހެން ދީނެއްގެ ބަޔަކު އެމީހުންގެ ދީނުގައި ފާހަގަ ކުރާ ގޮތަށް ނުވަތަ އެމީހުންގެ ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް ކުރުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއްކަމަށެވެ. ފަހަކަށް އައިސް ޢީދުތަކުގައި ކުލަ ޖެހުމާއި ފެމް ޖެހުން ޢާއްމުވެފައެވެ.

advertisement
ހިޔާލު ދެއްވާ!