ހއ. ދިއްދޫގައި އީދު ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަނީ!

މި އަހަރުގެ ބޮޑު އީދު ދުވަސް ހއ. ދިއްދޫގައި ކުލަ ގަދަކޮށް ފާހަގަ ކުރުމަށް ނިންމައިފި އެވެ.

މި ޙަރަކާތްތައް އިންތިޒާމް ކުރާ ފަރާތުން މީޑިއާތަކަށް ދީފައިވާ މަޢުލޫމާތުގައި ބުނެފައިވަނީ އީދު ދުވަހުގެ ރޭ ހަވާ އެރުވުންވެސް އޮންނާނެ ކަމަށެވެ. އަދި ހަވާ އެރުވުން މަދުވެގެން 10 މިނެޓަށް ކުރިއަށްދާނެ ކަމަށްވެސް އެފަރާތުން ބުނެފައިވެ އެވެ.

މީގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު ކުޅިވަރުތައް އޮންނާނެ ކަމަށާއި މިހަރަކާތްތަކުގައި ރާއްޖޭގެ މަޝްހޫރުއެތައް ފަންނާނުންނެއް ބައިވެރިވުމަށް މިހާރުވަނީ ހަމަޖެހިފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ރާއްޖޭގެ މަޝްހޫރު "ހަބޭސް" ބޮޑުބެރު ގުރޫޕުން ދަފި ނެގުމާއި މާލި ނެށުން ފަދަ ސަގާފީ ކުޅިވަރުތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ގްރޫޕް ތަކުންނާއި ވަކިވަކި ފަންނާނުންގެ ޝޯވްގެ އިތުރުން ކާއްޓޭ ދި ވާންޗޯގެ ކޮމެޑީ ޝޯ، ލަވަކިޔުންތެރިންގެ ލަވަތަކާއި ގޮމަ ގުރޫޕުގެ ނެށުންތަކާއި ކުއެޓިކް ވައިބް މިއުޒިކް ބޭންޑްގެ ލަވަތައްވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މި ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ކުޅުންވެސް ކުރިއަށްގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ވާ ދެމުމާއި ބައިބަލާ ކުޅުމާއި ބޮއްކުރާ ރޭސް ފަދަ ކުޅިވަރުތައް ހިމެނެއެވެ.

advertisement
ހިޔާލު ދެއްވާ!