ދޯންޏެއް އަޑިއަށްދާތީ އެމްއެންޑީއެފުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ 4 މީހުންނާއެކު، ޅ. އަތޮޅަށް ދަތުރުކުރި "ލޫން 2″ ނަމަކަށް ކިޔާ ދޯންޏެއް، ދިޔަވެ އަޑިއަށްދާތީ އެމްއެންޑީއެފްގެ މާލެ އޭރިއާ ކޮމާންޑް، ކޯސްގާޑް ސެކަންޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
މި ޙާދިސާ ހިނގާފައި ވަނީ ކ.ހެލެގެލި ކައިރިން ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
މި ހާދިސާގެ ރިޕޯޓް ލިބުނީ މިރޭ 20:52 ހާއިރު ކަމަށް އެ އިދާރާއިން ބުންޏެވެ.
މި ޙާދިސާއާބެހޭ އިތުރު މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ.