ކަރަންޓްގައި ޖެހުނު ޒުވާނާ ނިޔާވެއްޖެ!

ރ. އުނގޫފާރުގައި ކަރަންޓްގައި ޖެހިގެން ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ޒުވާނާ ނިޔާވި މިއަދު ހެނދުނު އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިދިޔަ މޭ މަހުގެ 23 ވަނަ ދުވަހު، އުނގޫފާރުގައި މަގުމަތީގައި އޮތް ފެންގަނޑެއްގައި، ކުޅެން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު ކުޑަ ދެކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި އަތީކް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިނުމަށްމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނައީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އުމުރުން 18 އަހަރުގެ މި ކުއްޖާ އަކީ އޯޓިސްޓިކް ކުއްޖެކެވެ.

އަދި ހަމަ މީގެ އިތުރުން ކަރަންޓުގައި ޖެހުނު އަނެއް ދެ ކުދިންނަށް ފަރުވާ ދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފަ އެވެ.

advertisement
ހިޔާލު ދެއްވާ!