ރާއްޖޭގައި އާންމުވެފައިވާ ސްކޭމްތައް ހުއްޓުވުމަށް ޚާއްސަ ސެންޓަރެއް ގާއިމްކުރަން ނިންމައިފި

ރާއްޖޭގައި އާންމުވަމުންދާ ސްކޭމްތައް ހުއްޓުވުމަށް ޚާއްސަ ސެންޓަރެއް ގާއިމްކުރަން ފުލުހުން ނިންމައިފިއެވެ.

ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ ހިދުމަތުން އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ ގުޅޭގޮތުން ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ފުޅު ދައްކަވަމުން އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ރާއްޖޭގައި އާންމުވެފައިވާ ސްކޭމްތައް ހުއްޓުވުމަށް ޚާއްސަ ސެންޓަރެއް ގާއިމްކުރަން ނިންމާފައިވާ ކަމަށެވެ.

އަދި މި ޚާއްސަ ސެންޓަރު ގާއިމުކުރެވުމުން ރާއްޖޭގެ ކޮންމެ ސަރަހައްދަކުން ހުށަހެޅޭ ސްކޭމްގެ މައްސަލައެއްގައި ވެސް ފުރަތަމަ ރެސްޕޮންސް ދޭނީ އެ ސެންޓަރުން ކަމަށްވެސް ޝިފާން ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ ސްކޭމް ސެންޓަރަކީ ހަމައެކަނި ރާއްޖޭގައި އިންވެންޓުކުރާ އެއްޗެއް ނޫން ކަމަށާއި މިއީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި މިހާރު މަސައްކަތް ކުރާ ކޮންސެޕްޓެއް ކަމަށެވެ.

ހަމައެހެންމެ އެންޓި ސްކޭމް ސެންޓަރުގެ ސަބަބުން ވިކްޓިމައިޒްވެފަ ހުންނަ މީހަކު އިތުރަށް ވިކްޓިމައިޒް ނުވާން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވަގުތުން ކުރާނެކަން ފާހަގަކުރައްވާ ޝިފާން ވިދާޅުވީ އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ.

ޝިފާންވަނީ ސްކޭމްތަކުގެ މައްސަލަތަކުގެ ރެކޯޑް ފުލުހުން ބަލަހައްޓަން ފެށީއްސުރެ މިހާތަނަށް އާންމުންގެ އަތުން ގެއްލުނު ފައިސާގެ އަދަދު 150 މިލިއަނަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރައްވާފައެވެ.

advertisement
ހިޔާލު ދެއްވާ!