ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާގެ ދޮންބައްޕަ އަވަހާރަ ވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުގެ ދޮންބައްޕަ، ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮންއަލިބެ) އަވަހާރަ ވެއްޖެ އެވެ.

އުމުރުން 78 އަހަރުގައި ދޮން އަލިބެ ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

ދޮން އަލިބެ ނިޔާވުމާއި ގުޅިގެން ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވީހާވެސް ގިނަ ބޭފުޅުން ދޮން އަލިބެގެ ކަށުނަމާދުގައި ބައިވެރިވެދެއްވުމަށް އެދިވޑައިގެންފައެވެ.

ދޮން އަލިބެގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒު ގަ އެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގަ އެވެ.

މެޑަމް ސާޖިދާގެ ދޮން ބައްޕަ ނިޔާވުމާއި ގުޅިގެން ޕީޕީއެމް/ޕީއެންސީން ވެސް ވަނީ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ.

advertisement
ހިޔާލު ދެއްވާ!