ބާ ކާރުތަކެއްގައި އަލިފާން ރޯވެއްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް (އެމްއެންޑީއެފް) އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަލިފާން ރޯވެފައިވަނީ އައްޑޫސިޓީ ހިތަދޫ އުސްގަނޑު ސަރަހައްދުގައި ހުރި ބާ ކާރުތަކެއްގައި ކަމަށެވެ.
އަދި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، މިހާރުވަނީ ނިއްވާލާފަ ކަމަށްވެސް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.
އެމްއެންޑީއެފްއިން ބުނީ މިހާދިސާގެ މަޢުލޫމާތު މިއަދު 07:40 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަންގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ ކަމަށެވެ.
އަދި އެ ސަރަހައްދަށް ފަޔަރ ފައިޓަރުން ގޮސް ކުރި މަސައްކަތުން އަލިފާން ނިއްވާލެވިފައި ވަނީ މިއަދު 08:00 ހާއިރު ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.
އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.
މީގެ ތިން ދުވަސްކުރިން މާލޭގެ މެދުޒިޔާރަތް މަގު ހޮޓެލް ޖެން ކަައިރީ ހުންނަ ޕާކިންގ ޒޯންގައި ހުރި ސައިކަލުތަކެއްގަައި ވަނީ އަލިފާންގެ ހާދިސާއެއް ހިނގާފައެވެ.
މަޢުލޫމާތު ލިބޭ ގޮތުގައި މި ސައިކަލުތަކުގައިވަނީ އަލިފާން ރޯކޮށްލާފައެވެ. އެ މައްސަލައާ ގުޅިގެން އުމުރުން 36 އަހަރު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ.