މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ 2 ކެޓެގަރީއަކުންނެވެ. އެއީ ނޫސް މަޖައްލާ އަދި އޯޑިއޯ ވީޑިއޯ ޖާނަލިޒަމްއެވެ. މި 2 ކެޓެގަރީން ޖުމްލަ 18 ދާއިރާއަކުން ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވެއެވެ. އޭގެތެރޭގައި ތަޙުޤީޤީ ނޫސްވެރިކަމުގެ ދާއިރާ، އިޖުތިމާޢީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުޢީ އަދި ޤާނޫނީ ދާއިރާ، ވިޔަފާރިއާއި އިޤްތިޞާދުގެ ދާއިރާ އަދި ކުޅިވަރުގެ ދާއިރާ ފަދަ މުހިއްމު ގިނަ ދާއިރާތައް ހިމެނެއެވެ.
މި އިނާމުތަކަށް ނަން ހުށަހަޅާނީ މީޑިއާ ކައުންސިލުން އާންމުކޮށްފައިވާ ގޫގްލް ފޯމް މެދުވެރިކޮށް ކަމަށް ވެސް މީޑިއާ ކައުންސިލުން ވަނީ ބުނެފައެވެ.
އަދި މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި މީޑިއާ ކައުންސިލުން ދޭ ނޫސްވެރިކަމުގެ އިނާމުދިނުމުގެ އުސޫލުވެސް ގެޒެޓްކޮށްފައި ވާނޭ ކަމަށް މީޑިއާ ކައުންސިލުންވަނީ ބުނެފައެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ކުރި އިޢުލާނުގައި ބުނީ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައި ވަނީ 9 ޖޫން އިން ފެށިގެން 30 ޖޫން 2024 ގެ މެންދުރު 13:00 ގެ ނިޔަލަށް ކަމަށެވެ.