ޢީދު ދުވަހު ޢާއިލާ އެކުގައި ބޭރަށްދާން ފަހިރައިޑް ވަރެއް ހަމަ ނެތް!

މާލެ ސަރަހައްދުގައި ޓެކްސީ ލިބުން ދަތިވާ ވާހަކައަކީ ޒަމާންވީ ޝަކުވާއަކަށް ވަނީ ވެފައެވެ. އަދި އަވަހަށް ތަނަކަށް ދާން ކުއްލިއަކަށް ބޭނުންވާ މީހަކަށް މީ ވާނޭ ކަމެއް ނޫނޭ ވެސް ގިނަ މީހުން ބުނެއެވެ. ޓެކްސީ ހޯދުމަކީ އެހާވެސް ދަތި އުނދަގޫ ކަމެއްކަމުގައި މިހާރު މިވަނީ ވެފައެވެ.

ނަމަވެސް "ފަހިރައިޑް އެޕް" މިވަނީ މި މައްސަލައަށް ބޮޑު އިންޤިލާބީ ބަދަލެއް ގެނެސްދީފައެވެ. އެހެންކަމުން ބޮޑުޢީދު ފަދަ ޚާއްޞަ މުނާސަބަތެއްގައި ޢާއިލާގެ މެމްބަރުންނާ ބައްދަލުކޮށްލުމަށް މާލެ ސަރަހައްދުގައި ދަތުރުކޮށްލުމަށް ފަހިރައިޑް މީ ހަމަ އެއްވަނައެވެ.

ފަހިރައިޑުން ދޭ ޓެކްސީ ޚިދުމަތާބެހޭ ގޮތުން "ރިވާޔާ ނިއުސް" އަށް މަޢުލޫމާތު ދެއްވަމުން ފަހިރައިޑް އެޕް ޑިވޮލޮޕް ކުރެއްވި ޢަލީ އަސްލަމް ވިދާޅުވީ ޓެކްސީ ޚިދުމަތްދޭ އެހެން އެޕްތަކާ ޚިލާފަށް ފަހިރައިޑް އެޕްގެ އެންމެ ޚާއްސަ އެއް ފީޗަރއަކީ ހޮސްޕިޓަލް ފަދަ މުހިއްމު ތަނަކަށް ދާންވެގެން ކުއްލިއަކަށް ކާރެއް ބޭނުން ވިޔަސް "އިމަރޖެންސީ" ފީޗަރއެއް ފަހިރައިޑް އެޕްގައި ހިމެނޭ ކަމަށެވެ.

ފަހިރައިޑްގައި އިންނަ އިމަރޖެންސީ ޚާއްސަ ފީޗަރ މަސައްކަތްކުރާ ގޮތް. ފޮޓޯ: ފަހިރައިޑް

އަސްލަމް ވިދާޅުވީ ޕްލޭ ސްޓޯރުން ޑައުންލޯޑް ކުރެވެންހުރި އަދި ބޭނުންކުރަން އެހާމެ ފަސޭހަ ފަހިރައިޑް އެޕް ތަޢާރަފް ކުރެއްވި ފަހުން މިހާރު އެއް އަހަރުވެފައި ވާއިރު، މި އެޕްގައި މިހާރު 3600 ކާރު، 860 ސައިކަލް އަދި 190 ވޭން ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.

އަސްލަމް ވިދާޅުވީ ފަހިރައިޑް އެޕުން ކާރު ނެގުމަށް ކަސްޓަމަރު ހުރި ތަނެއް ބުނަން ނުޖެހޭ ކަމަށާ ކަސްޓަމަރު ދާން ބޭނުންވާ ތަނެއް ބުނުމުން ފުދޭނެ ކަމަށެވެ. އެއީ މި އެޕްގައި ފޯނު ލޮކޭޝަން ބޭނުންކުރާތީ އޮޓޮމެޓިކުން ކަސްޓަމަރު ހުރި ލޮކޭޝަން އެނގެން ހުންނާތީ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ފަހިރައިޑް އެޕްގެ ޚިދުމަތުގެ ރަނގަޅުކަން ކަސްޓަމަރުން ފާހަގަ ކުރައްވާ ކަމަށާ ޚިދުމަތް ހޯއްދަވާ ފަރާތްތައް އިތުރުވަމުން އައުމަކީ މިކަމުގެ ހެއްކެއްކަމަށް ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ  މިހާރު 15،000 ( ފަނަރަ ހާސް) ކަސްޓަމަރުން ތިބޭ ކަމަށާ ދުވާލަކު 5،000 (ފަސް ހާސް) އަށްވުރެ ގިނަ ދަތުރު ލިބޭ ކަމަށެވެ. އަދި މަހަކު ލިބޭ ދަތުރުގެ އަގު 1.4 (އެއް މިލިއަން ހަތަރު ލައްކަ) ރުފިޔާއަށް އަރާ ކަމަށް އަސްލަމް ވިދާޅުވިއެވެ.

"މާލެ ތެރޭގެ ދަތުރުކުރަން ބައެއް ޑްރައިވަރުން ބޭނުން ނުވާ ކަމަށް ބުނާ އަޑުތައް އިވޭ. އެހެން ނަމަވެސް މާލެ ތެރޭގައި އެންމެ ގިނަ ދަތުރު މިހާރު ކުރާނީ ފަހިރައިޑް އެޕުން. ހުޅުމާލެއަށް ވެސް ހުޅުލެއަށް ވެސް ދަތުރު ކުރާނެ. އެހެން ނަމަވެސް މާލެތެރޭގައި ކުރަން ލިބޭ ހުރިހާ ދަތުރެއް ވެސް އަޅުގަނޑުމެން ކުރަން." އަސްލަމް ވިދާޅުވިއެވެ.

ފަހިރައިޑް އެޕަކީ އެކަނި ސުކޫލަށް ދަރިން ފޮނުވަން ވެސް ފަސޭހަ އެޕެއް ކަމުގައި ފާހަގަ ކުރައްވާ އަސްލަމް ވިދާޅުވީ ބެލެނިވެރިޔާއަށް ޓެކްސީ އިންނަ ހިސާބު ވެސް ބަލާލެވޭނެ ކަމަށާ އަދި ޑްރައިވަރާ ޗެޓްވެސް ކުރެވޭނެ ކަމަށެވެ.

އަސްލަމް ވިދާޅުވި ގޮތުގައި އެންމެ ގިނަ ޓެކްސީ ޑްރައިވަރުން މިހާރު ބޭނުން ކުރަނީ ފަހިރައިޑް އެޕް ކަމަށާ ސަބަބކީ މި އެޕްގެ ފަސޭހަކަމުގެ އިތުރުން އަގުހެޔޮ ވުން ހިމެނޭ ކަމަށެވެ. ފަހިރައިޑް އެޕް ބޭނުންކުރާ ޓެކްސީ ޑްރައިވަރުން އެޕްލިކޭޝަންއަށް ދައްކަން ޖެހޭނީ އެންމެ -/200 ރ. ކަމަށާ އަލަށް ގުޅޭ ޑްރައިވަރުންނަށް 7 ދުވަސް ފްރީކޮށް ލިބޭނެ ކަމަށެވެ. އަދި  ޑްރައިވަރ ރަޖިސްޓްރީ ވުމާއިއެކު ވަގުތުން އެކްޓިވޭޓްވެ އެޕްލިކޭޝަން ބޭނުން ކުރެވޭނެ ކަމަށާ ސައިކަލް ތަކަށް އެޕްލިކޭޝަން ފީ ފްރީވާނެ ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ.

ނިމުނު ހަފްތާގައި އެއް ލައްކަ ޕްލަސް ދަތުރުކުރެވި އެކަން ފަހިރައިޑުން ފާހަގަކޮށްފައިވާއިރު، ލިބޭ ގިނަ ދަތުރުތައް ކުރެވޭތޯ ދެންނެވި ސުވާލުގެ ޖަވާބުގައި އަސްލަމް ވިދާޅުވީ 80 ޕަސެންޓް ދަތުރު ކުރެވޭ ކަމަށެވެ. މީ ރަނގަޅު އަދަދެއް ކަމަށް ބެލެވެއެވެ.

"އެވްރެޖެކޮށް، ދުވާލަކު ލިބޭ ދަތުރުގެ %80 ކޮމްޕްލީޓް ކުރެވޭ. މިއަދުވެސް 3885 ދަތުރު ލިބުނު. އޭގެތެރެއިން ނުކުރެވި ދިޔައީ 250 ދަތުރު." އަސްލަމް ވިދާޅުވިއެވެ.

މާލޭގެ އެތެރޭގެ ދަތުރުކުރާ ޑްރައިވަރުންނަށް ޚާއްސަކޮށް، ފަހިރައިޑުން އެކިއެކި ޕްރޮމޯޝަންތައް ވެސް ހިންގައެވެ. އެގޮތުން އެންމެ ގިނަ ދަތުރު ކުރެއްވި ޑްރައިވަރު، 10،000 ވަނަ ދަތުރު ކުރެއްވި ޑްރައިވަރު ފަދަ ޚާއްސަ ޕްރޮމޯޝަންތައް ހިންގާ، ފައިސާއާ އެހެނިހެން ތަކެތިވެސް ހަދިޔާކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

އިންޓަރވިއު ނިންމާލަމުން އަސްލަމް ވިދާޅުވީ ފަހިރައިޑް އެޕަކީ ފީޗަރސްތައް ވަރަށް ފަސޭހައިން ބޭނުންކުރެވޭ އަދި ޓެކްސީ ދަތުރު ކުރަމުންދާއިރު، ޓެކްސީގެ ލޮކޭޝަން ބެލޭ ތަފާތު އެޕެއް ކަމަށެވެ.

ފަހިރައިޑް އެޕްގެ ޑިވޮލޮޕަރ އަސްލަމްގެ އިންޓަރވިއުއަށްފަހު، އަޅުގަނޑުވެސް އަޖުމަބަލާލަން ފަހިރައިޑް އެޕް އިންސްޓޯލް ކޮށްގެން އެޕް ހުޅުވައިލީމެވެ. ހަމަ ވަރަށް ތަފާތެވެ. ވަރަށް ފަސޭހަކަމާއިއެކު ޓެކްސީއެއްވެސް ހަމަ ވަގުތުން ލިބުނެވެ.

advertisement

1 Comment

  1. އަޙްމަދު on

    ޓެކްސީ ދަތުރުކުރުމަށް މިހާތަނަށް ރާއްޖޭގައި ބޭނުންކުރާ އެންމެ ސަޅި އެޕްލިކޭޝަން. ވަރަށް އިތުބާރު ކުރާ އެޕެއްމީ އަދި ވަރަށް އަވަސް ދަތުރު ލިބޭލެއްވެސް އަދި ދަތުރު ޖަހާލަންވެސް ވަރަށް ފަސޭހަ.

ހިޔާލު ދެއްވާ!