ސާފިންގް އަދި ބޮޑީބޯޑިންގް އެރީނާގެ އަމަލީ މަސައްކަތް ވިޒިޓް މޯލްޑިވްސް ޕްރޯއަށް

ދާދިފަހުން އިއުލާން ކޮށްފައިވާ ސާފިން އަދި ބޮޑީބޯޑިންގް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ވިޒިޓް މޯލްޑިވްސް ޕްރޯއަށް ލަސްކޮށްފިއެވެ.

ސްޕޯޓްސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އިދާރާއިން ބުނީ އޮގަސްޓް މަހުގެ ފަހުން ރާޅުގަނޑުގައި އެރީނާ ހެދުމުގެ މަސައްކަތްތައް ފެށިގެން ދާނެ ކަމަށެވެ.

އެއާއެކު އެތަނުގައި ލިބެން ޖެހޭ ފެސިލިޓީސްތައް އެތަނުގައި އިތުރަށް ގާއިމުކުރެވިގެން ދާނެކަމަށްވެސް ސްޕޯޓްސް މިނިސްޓްރީ އިން ބުންޏެވެ.

އޭގެ ތެރޭގައި މެޑިކަލް ފެސިލިޓީސް އަދި އިކުއިޕްމެންޓްސް ރިޕެއަރ އަދި މެއިންޓެއިން ކުރެވޭނެ ގޮތެއްވެސް އެތާ އެތެރޭގައި ހަމަޖެހިގެންދާނެއެވެ.

advertisement
ހިޔާލު ދެއްވާ!