ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ 'ގަޓު ކަމެއް' ކަމެއް ނޫންކަން އަދުގެ ޖީލަށް ވިސްނައިދޭން ޖެހޭ: މިނިސްޓަރ ޚަލީލު

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ހިތްވަރުގަދަ ކަމެއް ނޫންކަން އަދުގެ ޒުވާން ޖީލަށް ވިސްނައިދޭން ޖެހޭ ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ރޭ ނ. މަނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ވިދާޅުވީ ދުންފަތުގެ އިސްތިއުމާލެ ކުރުމަކީ 'ގަޓު ކަމެއް' ނޫންކަން ޒުވާން ޖީލަށް ވިސްނައިދޭން ޖެހޭ ކަމަށާއި އެންމެ އަށް އަހަރުގައި ދުންފަތުގެ އިސްތިއުމާލު ނުވަތަ ވޭޕް ބޭނުން ކުރާ ފަށާކަން މިހާރު ތަފާސްހިސާބުން ދައްކާ ކަމަށެވެ.

އަދި ދުންފަތުގެ އިސްތިއުމާލު ކުރުމާއި އެ ޒާތުގެ ކަންކަމަކީ އިންސާނުން ހަށިގަނޑަށް ގެއްލުންވާ ކަމެއް ކަމަށާއި އެކަމަށް ހޭލުންތެރިކުރުމަށް އަބަދުވެސް އެ ވާހަކަދައްކަންޖެހޭ ކަމަށެވެ.

ދުންފަތުގެ އިސްތިއުމާލުން ރައްކާތެރިކުރުމަށް ދަރިން ތަރުބިއްޔަތު ކުރުމުގައި ވަރަށް ސަމާލުވާން ޖެހޭނެ ކަމަށާއި ބެލެނިވެރިންނަށް ވާހަކަ ބުނެވޭ ގޮތުން ވެސް ސިނގިރޭޓު ބުއިމަށް މަގުފަހިވާކަން ޚަލީލް ފާހަގަ ކުރެއްވިއެވެ.

ޚަލީލު ވިދާޅުވީ މި ނުބައި ވަބާއިން ދުރުވުމަކީ ސިއްހަތަށް ކޮށްދެވޭ ފައިދާއެއް ކަމަށާއި އަހަރެއްގެ މައްޗަށް ސިނގިރޭޓު ގަތުމަށް 1.8 ބިލިއަން ރުފިޔާ ހޭދަކުރާކަން ރާއްޖޭގެ ހިސާބުތަކުން ދައްކާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!