ސަރުކާރުންކުރާ ކޮންމެ ކަމެއްގައިވެސް ކައުންސިލްތަކުން އެއްބާރުލުން ދޭނެ. ވަޒީރު

ސަރުކާރުންކުރާ ކޮންމެ ކަމެއްގައިވެސް ކައުންސިލްތަކުން ވަރަށް ބޮޑަށް އެއްބާރުލުން ދޭނެ ކަމަށް ސިޓީތަކާއި އިދަރީ ދާއިރަތައް ހިންގުމާއި އާއްމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީއެސްއެމްއިން ކުރިއަށްގެންދާ "ފަލަސްތީނާއިއެކު ދިވެހިން" ޓެލެތޯން ޝޯވްގައި ވާހަކަ ފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ މި ޓެލެތޯންއަށް ރަށްރަށުގެ ކައުންސިލްތަކުން ތައްޔާރުވެފައިވާ ކަމަށާއި ފުރިހަމަ އެއްބާރުލުންވެސް ލިބޭނެ ކަމަށެވެ.

އެގޮތުން މިޓެލެތޯންއަށް ތައްޔާރުވުމުގެ ގޮތުން ފަންޑުފޮށި ބެހެއްޓުމާއި ފައިސާ ޖަމާކުރުމުގެ އިންތިޒާމްތައް ރަށްރަށުގައި މިހާރުވަނީ ހަމަޖައްސާފަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރަށްރަށުގައި މިކަން ވަރަށް ފޯރިއާއިއެކު ކުރިއަށްދާ ކަމަށާއި ހުރިހާ ރަށެއްގައިވެސް ކަންކަން ރަނގަޅަށް ތަރުތީބުވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޔަހޫދީން މުސްލިމު އަހުންނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ މުސްލިމުން ތަހައްމަލު ކުރަމުންދާ ވޭނުގައި ދިވެހީން އަބަދުވެސް ބައިވެރިވާ ކަމަށެވެ.

އަދި އެމިހުންގެ ޖަޒުބާތުތަކާއި ކެކުޅުމުގެ އަސަރުތައް ދިވެހި ކޮންމެ ރައްޔިތެއްގެ ހިތަށްވެސް ކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިޓެލެތޯންގައި މާލެ ސަރަހައްދުގައި 13 ފަންޑު ފޮށި ބަހައްޓާފައިވާ ކަމަށް ޕިއެސްއެމް އިން ބުނެއެވެ. އަދި މިޓެލެތޯން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު 8:00 ން ރޭގަނޑު 12:00 އާއި ހަމައަށްކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއެވެ.

advertisement
ހިޔާލު ދެއްވާ!