ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެއްސަކު ނިޔާވެއްޖެ

ޙައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ ދިވެއްސަކު ނިޔާވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަ ކޮށްފިއެވެ.

އެ މިނިސްޓްރީން ބުނީ ނިޔާވެފައިވަނީ ހައްޖުގެ އަޅުކަން އަދާކުރަން މައްކާއަށް ދިޔަ ދިވެހި ހާޖީއެއްކަމުގައިވާ، ފާޠިމަތު ޙަފީޒާ (80އ) ހަފީޒީހިޔާ. ރ. ހުޅުދުއްފާރު، ކަމަށެވެ.  ޙަފީޒާ ނިޔާވެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މަރްހޫމާގެ މައްޗަށް ކަށު ނަމާދު ކުރުން އޮންނާނީ މެންދުރު ނަމާދަށްފަހު މަސްޖިދުލްޙަރާމްގައި ކަމަށެވެ.

ފާޠިމަތު ޙަފީޒާ (80އ)

އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން 1150 ޙައްޖަ ވަނީ ގޮސްފައެވެ. އޭގެ ތެރޭގައި ސަރުކާރުގެ ޚަރަދުގައި 50 މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާނެއެވެ.

advertisement
ހިޔާލު ދެއްވާ!