ސިޓީތަކާއި ކައުންސިލްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު

ރައީސްގެ ޚާއްޞަ ވަޢުދުފުޅާ ގުޅިގެން އަޅުއްވާ 50 ކައުންސިލު އިދާރާ ޢިމާރާތްކުރާނެ ރަށްތައް އިޢުލާނު ކޮށްފި!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްޞަ ވަޢުދުފުޅާ ގުޅިގެން، މި އަހަރުގެ ތެރޭ މަސައްކަތްފައްޓަވާ 50 ކައުންސިލު އިދާރާ ޢިމާރާތްކުރާނެ ރަށްތައް އިޢުލާންކުރައްވައިފިއެވެ.

މި ރަށްތައް އިޢުލާނު ކުރެއްވީ އިއްޔެ ސިޓީތަކާއި ކައުންސިލްތަކާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވެވި ޚާއްޞަ ނޫސް ކޮންފަރެންސެއްގައި ވަޒީރު އާދަމް ޝަރީފު ޢުމަރެވެ.

ރައީސްގެ ޚާއްޞަ ވަޢުދުފުޅާ ގުޅިގެން މި އަހަރުތެރޭ މަސައްކަތް ފެށުމަށް ކަނޑައެޅި، ކައުންސިލު އިދާރާ ޢިމާރާތްކުރާ ރަށްތަކަކީ:

ހއ. އަތޮޅު: ވަށަފަރު، ދިއްދޫ، އިހަވަންދޫ

ހދ. އަތޮޅު: ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ

ށ. އަތޮޅު: ކޮމަންޑޫ، ފޭދޫ، ގޮއިދޫ، ނަރުދޫ

ނ. އަތޮޅު: ހެނބަދޫ، ޅޮހި، ފޮއްދޫ، މަނަދޫ، މަގޫދޫ، ލަންދޫ

ރ. އަތޮޅު: ވާދޫ، ހުޅުދުއްފާރު

ބ. އަތޮޅު: ކަމަދޫ، ކުޑަރިކިލު، ފެހެންދޫ، އޭދަފުށި، ތުޅާދޫ، ކިހާދޫ

ޅ. އަތޮޅު: ކުރެންދޫ

ކ. އަތޮޅު: ހިންމަފުށި، ކާށިދޫ، ގުރައިދޫ، ތުލުސްދޫ، ގާފަރު

އދ. އަތޮޅު: ކުނބުރުދޫ، މަހިބަދޫ، ފެންފުށި

މ. އަތޮޅު: މުލި، ދިއްގަރު، މުލައް

ފ. އަތޮޅު: ފީއަލި

ދ. އަޮތޮޅު: ހުޅުދެލި، ބަނޑިދޫ

ތ. އަތޮޅު: އޮމަދޫ، ގާދިއްފުށި، ބުރުނީ، ގުރައިދޫ، ވޭމަންޑޫ

ލ. އަތޮޅު: މާބައިދޫ، ކުނަހަންދޫ، މާވަށް

ގއ. އަތޮޅު: މާމެންދޫ، ނިލަންދޫ

ގދ. އަތޮޅު: މަޑަވެލި

މި މަޝްރޫޢުގެ އިތުރުން ޕީ.އެސް.އައި.ޕީ ތެރޭން މި އަހަރު 29 ރަށެއްގެ ކައުންސިލު އިދާރާ ޢިމާރާތްކުރެވޭނެ ކަމަށާއި، އަދި 2023 ގެ ބަޖެޓުގައި ހިމެނިގެން 26 ރަށެއްގެ ކައުންސިލު އިދާރާ މިހާރު ވެސް އަޅަމުން އަންނަ ކަމަށް ޕްރެސް ކޮންފަރެންސްގައި ވަޒީރު ވިދާޅުވެފައި ވެއެވެ.

އިއްޔެ އިޢުލާނުކުރި 50 ރަށާއިއެކު މި އަހަރުތެރޭ އިމާރާތްކުރެވޭ 105 ކައުންސިލު އިދާރާގެ ސަބަބުން އެ ރަށްތަކުގެ އިދާރީ ހިންގުމަށް އެތައް ލުއި ފަސޭހަތަކެއް ލިބި، ރަށު ތަރައްޤީއަށް ހެޔޮ އަސަރުތަކެއް ކުރާނެ ކަމަށް ޤަބޫލުކުރެވެއެވެ.

advertisement
ހިޔާލު ދެއްވާ!