ފުލުހުން ހޯދަމުން އަންނަ ހަތަރު މީހުން

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް ހަތަރު މީހަކު ހާޒިރުވުމަށް އަންގައި އިޢުލާނު ކޮށްފި!

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަޙުޤީޤަށް ހަތަރު މީހަކު ޙާޟިރުވުމަށް އަންގައި އިޢުލާނު ކޮށްފިއެވެ.

ފުލުހުން އިއްޔެ ކުރި އިޢުލާނުގައި ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ، މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ތަޙުޤީޤަށް ހަތަރު މީހަކު ޙާޟިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަޙުޤީޤަށް ޙާޟިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤު ކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާޢިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަޙުޤީޤަށް ޙާޟިރުވުމަށް އަންގައި އިއުލާނުކުރާ ކަމަށެވެ.

މިގޮތުން ފުލުހުން ހޯދަމުން ދަނީ ޙަސަން ނަބީލް، ގއ. ކަނޑުހުޅުދޫ / ފެހިއައްސޭރި (43އ)، އިބްރާހީމް ރަޝާދު، ތ. މަޑިފުށި / މިޝަން (41އ)، ޔޫނުސް ޢަބްދުއްރަޙްމާން، ގއ. ގެމަނަފުށި / ގުމްރީގެ (24އ)، ޢަލީ ޝަމީމް، ކ. މާލެ / ދަފްތަރު ނަންބަރު ރސ. 8136 (58އ)

މި ހަތަރު މީހުންވެސް ޙާޟިރު ކުރަނީ މައްސަލައިގެ ތަޙުޤީޤަށް ސުވާލުކުރުމަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހަތަރު މީހުން، ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ  އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ޖޫން 23 ވަނަ ދުވަހުގެ 14:00 އަށް ޙާޟިރުވުމަށް ފުލުހުން ވަނީ އަންގައިފައެވެ.

advertisement
ހިޔާލު ދެއްވާ!