ތ. ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އަރާ އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު"އަށް ވިދާޅުވީ، މިއަދު ހަވީރު 5:00 ހާއިރު ވެލިމާ ނަމަކަށް ކިޔާ ލޯންޗެއް ކިނބިދޫ ނެރު ފަސްގަނޑަށް އަރާ އެކްސިޑެންޓް ވެފައިވާ ކަމަށެވެ. މި އެކްސިޑެންޓް ހިނގިއިރު ލޯންޗްގައި ތިން މީހަކު ތިއްބެެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އޮފިޝަލް ވިދާޅުވީ، މި ހާދިސާގައި ދެ މީހަކަށް ކުދި އަނިޔާތަކެއް ލިބުނު ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މިހާރު އާއްމުވެފައިވާ ފޮޓޯތަކުން ފެނިގެން ދަނީ ބޯގަސްތައް ހެދިފައިވާ ފަސްގަނޑަށް ލޯންޗް އަރާފައި އޮތް ތަނެވެ. އެ ލޯންޗް ފަސްގަނޑަށް އަރަން މެދުވެރިވި ސީދާ ސަބަބު އަދި ސާފް ނުވާއިރު، ލޯންޗަށް ލިބުނު ގެއްލުންތައް ސާފެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯންޗް ދުއްވާފައިވަނީ ބާރުސްޕީޑްގައެވެ.