ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

ހދ. ކުޅުދުއްފުށި ސިޓީއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ އެ މީހާ ހައްޔަރު ކުރީ ހެނދުނު 9:38 އެހާކަންހާއިރު، ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކުރި މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވަނީ ރޭގެ ވަގުތެއްގައި ކ. މާފުށީ ބޭރުގައި އޮތް ސަފާރީއެއް ބަލައި ފާސްކޮށް 200 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއެކު އުމުރުން 62 އަހަރުގެ މީހަކު ވެސް ހައްޔަރުކޮށްފައެވެ.

advertisement
ހިޔާލު ދެއްވާ!