ދަރުބާރުގެ ކައިރީގައި ރޭ ހިންގި މާރާމާރީއަކާ ގުޅިގެން 2 މީހަކު ހައްޔަރުކޮށްފިއެވެ.
މި މާރާމާރީގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 10:30 ގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މާރާމާރީގައި އެކަކަށް އަނިޔާވެ ސެނަހިޔަ ހޮސްޕިޓަލުގައި ފަރުވާދެމުން ދާ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އޭނާގެ ޙާލު ސީރިއަސް ނޫން ކަމަށް ވެސް މަޢުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދެ މީހުންގެ ވަނަވަރު ޙިއްސާ ކޮށްފައެއް ނުވެއެވެ.
މި މާރާމާރީގެ މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.