10 ޑިސެމްބަރު 2023: ހުޅުލެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޑޮމެސްޓިކް ޓާމިނަލް ކައިރިއަށް ޓެކްސީ އަދި ޕްރައިވެޓް ކާރު މަޑުކުރެވޭ ގޮތް ހެދުން --- ވަން ފޮޓޯ: ޔޫސުފް ސޮފްވާން

ޑްރަގް ބޭރުކުރަން އެހީތެރިވި އެއަރޕޯޓުގެ ދެމުވައްޒަފުން ވެސް ޝަރުތުތަކަކާއެކު ދޫކޮށްފި

މަސްތުވާތަކެތި ޓްރެފިކްކުރުމުގައި ބައިވެރިވި ކަމަށް ތުހުމަތުކުރެވިގެން ހައްޔަރުކޮށްފައި ހުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މަސައްކަތްކުރި ދެ މުވައްޒަފުންގެ ތެރެއިން މިހާރު ބަންދުގައި ހުރި މުވައްޒަފުވެސް ޝަރުތުތަކާ އެކު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

އުސޫލުން ބޭރުން ވީއައިއޭއިން ބޭރުކުރަން އުޅުނު ލަގެޖުތަކެއްގައި މަސްތުވާތަކެތި ހުރެގެން ޕާކިސްތާނު މީހަކާ އެކު އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގައި މަސައްކަތްކުރާ ދެ މުވައްޒަފުން ހައްޔަރުކުރީ މާޗު 15 ގައެވެ.

އަދި އެ މައްސަލައިގައި ތުހުމަތުވާ އެމްއޭސީއެލްގެ ސީނިއާ މުވައްޒަފު ވެސް ކޯޓަށް ހާޒިރުކުރުމުން އޭރު ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލައިފައެވެ.

އެމްއޭސީއެލްގެ ދެވަނަ މުވައްޒަފުގެ ބަންދުގެ މުއްދަތު ހަމަވެގެން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒް ރަޝާދު ވަނީ އެ މީހާ ވެސް ޝަރުތުތަކަކާ އެކު ދޫކޮށްލަން އަމުރުކޮށްފައެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ މީހާއަކީ މީގެ ކުރިން އެއްވެސް ކުށެއްގެ ތުހުމަތުގައި ހައްޔަރުކޮށްފައިނުވާ މީހެއްކަން ފާހަގަކޮށް އަދި، އެ މީހާގެ އެއްވެސް ކުށުގެ ރިކޯޑެއް ވެސް ނެތް ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ވެއެވެ.

އެކަމަކު، އެ މީހާ ޑުރަގު ބޭރުކުރަން އެހީވި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާކަން އަމުރުގައިވަނީ ފާހަގަކޮށްފައެވެ.

އެ މީހާގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި ހުރި ލަގެޖެއް އުސޫލުން ބޭރުން އެއާޕޯޓުން ބޭރުކުރަން އުޅުނުކަމުގެ ތުހުމަތެވެ. އެހެންވެ، ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުން އަދި ޖަދުވަލު1 ގައިވާ މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ތުހުމަތުވަނީ ކޮށްފައެވެ.

އެ މީހާ މިހާރު އެއާޕޯޓުގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ކޯޓުގައި ބުނެފައިވުމުން ކޯޓުން ވަނީ ޝަރުތުތަކެއް ކުރުމަށް ފަހު އޭނާ ދޫކޮށްލައިފައެވެ.

އެގޮތުން، މާލެއިން ބޭރަށް ދާނަމަ ލިޔުމުން ކޯޓުގެ ހުއްދައެއް ހޯދުމަށާއި މައްސަލައިގައި ހިމެނޭ އެއްވެސް ހެއްކަކާ އެއްވެސް މުއާމަލާތެއް ނުކުރަން އަދި، އަންގާ ގަޑިއަށް ކޯޓަށް ހާޒިރުވާން ވަނީ ޝަރުތުކޮށްފައެވެ.

މިދިޔަ މާޗު މަހު ހިނގި މި ހާދިސާފައި ވީއައިއޭއިން ބޭރުކުރަން އުޅުނު ލަގެޖުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއާއި މެތުގެ 4.5 ކިލޯއަށްވުރެ ގިނަ ޑުރަގު ވަނީ ފެނިފައެވެ.

މިސަރުކާރު ވެރިކަމަށް އައުމުގެ ކުރިން ކެމްޕެއިންތެރޭގައި ވަނީ ޑްރަގްގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިކަމަށް ބުނެފައެވެ. ނަމަވެސް އެފަދަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައި ނުވެއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ވިއްކާ މީހުންނަށް ނިޒާމުގެ ތެރެއިން ލިބިފައިވާ ލުއިތައް ވެސް ބަންދު ނުކުރެވުނެވެ.

advertisement
ހިޔާލު ދެއްވާ!