އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގައި މިރޭ ހަވާ އަރުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ.
އެމްއެންޑީއެފުން އިން ހާމަ ކުރި ގޮތުގައި އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން މިރޭ ހުޅުމާލޭގައި ހަވާ އަރުވާނީ، ރޭގަނޑު 9:00 ހުޅުމާލެ ސެންޓްރަލްޕާކްގައެވެ.
މިރޭ ހުޅުމާލޭގައި ހަވާ އެރުވުމުގެ ހަރަކާތް 5 މިނެޓަށް ކުރިއަށް ދާނެކަމަށްވެސް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
1445 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ޤައުމީ ފެންވަރުގައި ޢީދު ފާހަގަ ކުރާ ރަށްތަކެއް ވެސް ސަރުކާރުން ވަނީ ހަމަޖައްސައިފައެވެ.
މިރޭ ރާއްޖޭގެ އެކި ހިސާބުތަކުގައި ފޯރިގަދަ އެކި ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ރާވާފައިވާކަމަށް އެކި ރަށްރަށުގެ ކައުންސިލްތަކުންނާއި ޖަމިއްޔާތަކުން ވަނީ ހާމަކޮށްފައެވެ.
އިސްލާމީ އުސޫލުގެ ތެރެއިން ޢީދު ފާހަގަ ކުރުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ.