މޫސުން ގޯސް ދުވަހެއް-- ފޮޓޯ: ދިޔަރެސް

ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ: މެޓް

ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ކެރީގެ އަސަރު ފޯރާނެކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.

މެޓްއިން ބުނީ ހޯމަ އަދި އަންގާރަ ދުވަހު ރާއްޖޭގެ އެކި ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި ބުދަ ބުރާސްދަތި އަދި ހުކުރު ދުވަހު އުތުރާއި މެދު ރާއްޖެ ތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ގުގުރުން އެކަށީގެންވާ ކަމަށެވެ.

މެޓުން ބުނީ ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމަށް އެކަށީގެންވާ ކަމަށެވެ.

މެޓުން ބުނީ ވައި ޖެހޭނެ ކަމަށް ލަފާ ކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 18-8 މޭލު ބާރުމިނުގައި އަދި ވިލާގަނޑުގައި ގަޑިއަކު 35-30 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.

އަދި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށްވެސް މެޓުން ވަނީ ލަފާ ކޮށްފައެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު މެޓުން ނެރުނު ބަޔާނެއްގައިވެސް ބުނެފައިވަނީ މިއަހަރުގެ ޖޫން، ޖުލައި، އޮގަސްޓް އަދި ސެޕްޓެންބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދަށް އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ނިމުތު ކުރެވޭ ކަމަށެވެ.

އަދި ރާއްޖޭގެ ދެކުނަށް މިދުވަސްވަރު ވާރޭވެހޭނީ އާންމުކޮށް ވާރޭވެހޭ މިންވަރަށްވުރެ މަދުން ކަމަށާއި ރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައިވެސް މިދުވަސްވަރު ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރުވެސް، އާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!