އިންޑިއާގެ ނިއުދިއްލީގެ އަވަށެއްގައި ހުންނަ ކާޑްބޯޑް ފެކްޓްރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މީޑިއާ ރިޕޯޓްތަކުން މަޢުލޫމާތު ލިބޭ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ ދިއްލީގެ މުންޑްކާ އިންޑަސްޓްރީގައެވެ.
ނިއުދީއްލީގެ ފަޔަރ ސާވިސް ޑިޕާޓްމަންޓުން ބުނީ ފެކްޓްރީގައި އަލިފާން ރޯވި ކަމުގެ ރިޕޯޓް މިއަދު ހެދުނު 7:17 ގައި ލިބުމާއެކީ އަލިފާން ނިއްވާ ރެސްކިޔު ޓީމްތައް ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފަވާ ކަމަށެވެ.
މިއަދު ހެދުނު ހިނގި މިހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލުމަށްޓަކައި އަލިފާން ނިއްވާ 35 ޓްރަކް ވަނީ ހަރަކާތްވެފައެވެ.
ޗީފް ފަޔަރ އޮފިސަރ ޕްރަދީޕް ކުމާރު ބުނީ މި ހާދިސާގައި މީހަކަށް އަނިޔާ ލިބުނު ކަމެއް އަދި އެނގިފައިނުވާ ކަމަށާއި އަލިފާން ރޯވި ވަގުތު ފެކްޓްރީގައި ތިން މުވައްޒަފުން ތިބި ކަމަށެވެ.
ޗީފް ފަޔަރ އޮފިސަރ ރާހުލް ކުމާރު ބުނީ އެ ތިން މީހުންވެސް ރައްކާތެރިކަމާއެކު އެތަނުން ނެރެވުނު ކަމަށާއި އަލިފާންގަނޑު ޓްރޮނިކާ ފެކްޓްރީގެ މަތީ ފަންގިފިލާތަކަށް ފެތުރިފައިވާ ކަމަށެވެ.
ރާހުލް ބުނީ ކައިރީގައި ހުރި ފެކްޓްރީތަކަށް ވެސް އަލިފާންގަނޑު ފެތުރިފައިވާތީ ކައިރީގައި ހުރި ޑިސްޓްރިކްޓްތަކުން އަލިފާން ނިއްވާ އުޅަނދުތަށް ގެނެވުނު ކަމަށެވެ.