މައްކާގައި ހޫނުމިން މައްޗަށް ގޮސް ހަ މީހަކު ނިޔާވެއްޖެ

މާއްކާގައި ހޫނުމިން މައްޗަށް ގޮސް ހަ  މީހަކު ނިޔާވެއްޖެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިދުވަސްވަރު މައްކާގެ ހޫނުމިން ވަނީ 48 ޑިގްރީ ސެލްސިއަސް އަށް މައްޗަށް ގޮސްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި މަރުވެފައިވާ ހަ މީހުންނަކީ އުރުދުންއަށް ނިސްބަތްވާ މީހުންނެވެ. ނަމަވެސް މަރުވި މީހުންނާއި ބެހޭ އިތުރު އެއްވެސް މަޢުލޫމާތެއް ހިއްސާ ކޮށްފައިނުވާކަން ފާހަގަކުރެވެއެވެ.

ސައުދީ ޖެނެރަލް އޮތޯރިޓީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ހައްޖުގެ އަޅުކަމަށް 1.8 މިލިއަން މީހުން ވަނީ ގޮސްފައިވެއެވެ.

ހައްޖުވެރިންނަށް އެ އަޅުކަން އަދާކުރާ ބިންތަކުގެ މާހައުލު ފިނިކުރުމަށް ސައުދީ އަރަބިއްޔާގެ ރޯޑްސް ޖެނެރަލް އޮތޯރިޓީއިން އަރަފާތު ބިމުގައި ހުދުކުލައިގެ ކޯޓިން އެއްވެސް ވަނީ އަޅާދީފައެވެ.

އަދި އިރުގެ އަލި ބިމާހަމައަށް ވާސިލުވާވަރު މަދުކޮށްދޭ މެޓީރިއަލްއެއް ބޭނުންކޮށްގެން އުފައްދާފައިވާ މި ހުދު ކޯޓިންގެ ސަބަބުން ބިމުގެ ސަރަހައްދުގެ ފިނިހޫނުމިން ގާތްގަނޑަކަށް 20 ޑިގްރީ ސެލްސިއަސް ދަށްކޮށްދޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިދިޔަ އަހަރުގެ ހައްޖު ދުވަސްވަރުވެސް މާއްކާގެ ހޫނު މިން 48 ޑިގުރީއަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން 2000 އަށް ވުރެ ގިނަ މީހުންނަށް ހައްޖުގައި ހީޓް ސްޓްރޯކްވެސް ޖެހިފައިވެއެވެ.

advertisement
ހިޔާލު ދެއްވާ!