މާރާމާރީއެއް ހިންގި މީހަކު ކާރަކުން ފުލުހެއް ގައިގައި ޖެއްސުމަށްފަހު ފިލައިފި

މާރާމާރީއެއްގެ ހިންގި މީހަކު އެސަރަހައްދުގައި އޮތް ކާރަކަށް އަރައި ފުލުހެއްގައިގައި އެކާރުން ޖައްސައި ފިލައިފިއެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފިލިގަސް މަގުގައި ކަމަށާއި މާރާމާރީއެއް ހިންގި މީހަކު، އެ ސަރަހައްދުގައި އޮތް ކާރަކަށް އަރައި ފުލުހެއްގެ ގައިގައި ޖެއްސުމަށް ފަހު ފިލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މާރާމާރީގެ ބެހޭ މަޢުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ފަތިހު 04:07 ގައި ކަމަށެވެ.

އަދި މާރާމާރީގެ ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ދިއުމުން މާރާމާރީ ހިނގި މީހާ އެ ސަރަހައްދުގައި އޮތް ކާރަކަށް އަރައި، ފިލަން މަސައްކަތް ކުރި ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މާރާމާރީގައި އަނިޔާވި މީހާއާއި ކާރުން ޖެއްސި ފުލުސް މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. އަދި މިމައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމާށްވެސް ފުލުހުން ބުނެފައިވެއެވެ.

ދަރުބާރުގެ ކައިރީގައި ރޭ ވެސް ވަނީ މާރާމާރީއެއްގެ ހިންގާފައެވެ. މި މާރާމާރީއާއި ގުޅިގެން 2 މީހަކު ހައްޔަރުކޮށްފައިވެއެވެ.

މި މާރާމާރީގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ ރޭ 10:30 ގައި ކަމަށް ފުލުހުން ބުނެއެވެ.

advertisement
ހިޔާލު ދެއްވާ!