ރާއްޖޭގައި މިހާރު ޗުއްޓީ ހޭދަކުރަމުންގެންދާ ރިއާލް މެޑްރިޑް އެކަޑަމީގެ ކުރީގެ ޒުވާން ކުޅުންތެރިޔާ، ސާޖިއޯ އަރިބާސް(22އ)އަށް ގިނަ ބައެއްގެ ތަޢުރީފު ލިބިގެން ހިނގައްޖެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މިހާރު ލަލީގާގަ، ކުޅެމުންދާ ޓީމެއް ކަމަށްވާ އަލްމޭރިޔާގެ އެޓޭކިން މިޑްފީލްޑަރު ސާޖިއޯ އަރިބާސް އަށް ގިނަ ބައެއްގެ ތަޢުރީފް ލިބިގެން ގޮސްފައި މިވަނީ އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން ދަނިކޮށް ޗުއްޓީ ހޭދަކުރަމުން ދިޔަ ރިސޯޓުގެ އޭނާގެ ޕްރައިވެޓް ޕޫލުގައި އޮއްވައި މޫދުގައި އުޅުނު ދެމަފިރިއަކު ފެތެމުން ދަނިކޮށް މޫދަށް ފުންމާލައި އެމީހުން ސަލާމަތް ކޮށް ދިނުމުންނެވެ.
ރިއާލް މެޑްރިޑްގެ މައުލޫމާތުތައް ގެނެސްދޭ ސޯޝަލް މީޑިއާތަކުގައި މިޚަބަރު ގެނެސްދީފައިވީނަމަވެސް މިއީ ކޮންއިރަކު ހިނގި ކަމެއް ކަން އެނގޭކަށް ނެތެވެ.
މި ފޮޓޯތައް އާންމުވުމާއި ގުޅިގެން ގިނަ ބަޔަކު ވަނީ އަރިބާސް އަށް ތަޢުރީފުކޮށްފައެވެ.