ހެންވޭރު މޫކައި ހޮޓެލް ހުންނަ މަގުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯވެ އަނދާ ހުލިވެއްޖެ

ދާދި ދެންމެ އަކު، ހެންވޭރު މޫކައި ހޮޓެލް  ހުންނަ މަގުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކެއްގައި ރޯވެ އަނދާ ހުލިވެއްޖެއެވެ.

ރިވާޔާ ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިރޭ 12:45 ހާއިރު އެމަގުގައި ހުރި ފަސް ސައިކަލެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދައިފައެވެ.

މިހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިޔު އިން ވަނީ ނިއްވާލައިފައެވެ.

މަންޒަރު ދުށް މީހަކު މި ނޫހަށް ބުނީ އެންމެ ފުރަތަމަ  ރޯވެފައި ހުޓާ ފެނުނީ އެތަނުން ދެސައިކަލުގައެވެ. ފަހަރަކު ސައިކަލެއް ރޯވަމުންގޮސް ފަސް ސައިކަލުގައި ވަނީ ރޯވެ އަނދައި އަޅިޔަށް ވެފައެވެ.

 

advertisement
ހިޔާލު ދެއްވާ!