ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން

"އޮޕަރޭޝަން ކުރަންގި"ގެ މަޤްޞަދަކީ މުޖުތަމަޢުގައި ގެއްލިފައިތިބި ބިދޭސީން ދެނެގަތުން: އިހްސާން

"އޮޕަރޭޝަން ކުރަނގި" ގެ މަޤްޞަދަކީ މުޖުތަމަޢުގައި ގެއްލިފައިތިބި ބިދޭސިން ދެނެގަތުން ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި ޙާއްސަ އިންޓަރވިއުއެއްގައި ވާހަކަ ފުޅު ދައްކަވަމުން ވއޒީރު އިހުސާން ވިދާޅުވީ ކ. ހިންމަފުށީގައި ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އޮޕަރޭޝަން ކުރަނގި ހިންގާފައިވާއރު 700 އެއްހާ ބިދޭސީން އުޅޭކަމުގެ ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ރަށުން އެކަނިވެސް 800 އަށްވުރެ ގިނަ ބިދޭސީން އުޅޭކަން ފާހަގަ ކިރެވިފައިވާ ކަމަށްވެސް ެެމަނިކުފާނު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންނަށް ކޮންމެ ރަށަކުން އިތުރު ޕާމިޓެއް ދޭންޖެހޭ ގޮތް ހަދަން ސަރުކާރުން ނިންމާފަވާ ކަމަށެވެ.

އިތުރު މަޢުލޫމާތު ދެއްވަމުން އިހުސާން ވިދާޅުވީ ޤާނޫނުގެ ދަށުން ކައުންސިލުތަކުން އެ ރަށެއްގައި އުޅޭ ބިދޭސީންގެ މައުލޫމާތު ބަލަހައްޓަން ޖެހުނު ނަމަވެސް އެފަދަ ނިޒާމެއް މިހާރު ނެތް ކަމަށެވެ.

އަދި ސަރުކާރުން ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ ނެގުމަށްފަހު އެ ސިސްޓަމުގެ އެކްސެސް ކައުންސިލްތަކަށްދީ މައުލޫމާތު އަދާހަމަކުރުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ ޤަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސިން އަނބުރާ އެމީހުންގެ ޤައުމަށް ފޮނުވާލުމުގައި ހުރި ދަތިތައް ނައްތާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

advertisement
ހިޔާލު ދެއްވާ!