އަބޫދާބީގައި އޮންނަ އެކަޑަމީ ނެޓްބޯޅަ މުބާރާތަށް ފިޔޮންތި އެކަޑެމީގެ ދެ ޓީމެއް ފުރައިފިއެވެ.
އިއްޔެގެ ހެނދުނުގެ ވަގުތެއްގައި މި މުބާރާތަށް ފުރީ ފިޔޮންތި އެކަޑަމީގެ 13 އަހަރުން ދަށުގެ ޓީމާއި 15 އަހަރުން ދަށުގެ ޓީމެވެ.
ފިޔޮންތި އެކަޑެމީން މި ނޫހަށް މައުލޫމާތު ދީފައިވާ ގޮތުގައި މި މުބާރާތް ކުރިޔަށްދާނީ މި މަހުގެ 16 އިން 21 ގެ ނިޔަލަށެވެ.
މި ދަތުރުގައި އަބޫދާބީގައި އެކެޑަމީގެ ފަރިތަކުރުންތަކެއް ވެސް ކުރިއަށް ގެންދާނެ ކަމަށް ފިޔޮންތި އެކަޑެމީން މައުލޫމާތު ދެއެވެ.