ބޮޑެތި ބާރުތަކުން އަންނަނީ އާންމު އަސްކަރިއްޔާގައި ނުވަތަ ދިފާއީ ބާރު ތަކުގައި މަސައްކަތްކުރަން މަޖުބޫރުކުރުވަމުން ކަމަށް ކުރީގެ ރައީސް މުހައްމްދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ނަޝީދު ވިދާޅުވީ ދުނިޔޭގައި ހިނގާ އެކި ކަހަލަ ކަންކަން ބަދަލުވަމުންދާ ގޮތުން ތިން ވަނަ ބޮޑު ހަނގުރާމައެއްގެ ބިރު އެބަ އޮތް ކަމަށެވެ.
އަދި ގައުމުތަކުން ދިފާއީ ކަންކަމަށް ކުރާ ހޭދަ ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި ގައުމުތަކުން އަންނަނީ ހަތިޔާރު ގިނަ ކުރުމުގައި ވެސް ވާދަ ކުރަމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެކަން ކާމިޔާބު ވަނީ އެންމެ މަގުބޫލު މީހުންނަަށް ކަމަށެވެ.
ހިޖުރަ ކުރުމާއި ދެކޮޅުވުމާއި ނަސްލީ ތަފާތު ކުރުންތައް އިތުރުވަމުން އަންނަކަން ފާހަގަ ކުރައްވާ ނަޝީދު ވިދާޅުވީ މިކަންކަން މިހެން ހުރުމުން ވިސްނުމާއި އެކީ ކަން ކުރާނެ ވެރިއަކު ނާންނާނަމަ، މިސްރާބު ހުރީ ތިން ވަނަ ބޮޑު ހަނގުރާމައަކާއި ދިމާއަށް ކަމަށެވެ.
ހަމައެހެންމެ ތިން ވަނަ ބޮޑު ހަނގުރާމައެއްގެ ބިރު އެބަ އޮތް ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.